އިސް ގާޒީ ބާރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

ބ. ކެންދޫ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައި ރޯކޮށް، އަންދައިލި ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ބޭބެ އަބްދުއްސަލާމް ޔޫސުފަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްފި އެވެ.
އޭޕްރީލް، 2015 ގައި ކެންދޫ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައި ރޯކޮށްލުމުން އެ ދޯންޏާއި އިތުރު ލޯންޗަކާއި ދޯންޏެއް އެއްކޮށް އަނދައިގެން ދިޔަ މައްސަލައިގައި ސަލާމްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މީގެ ކުރީގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ވިޔަސް މިއަދުގެ އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ.
ދައުލަތުން ހެކިވެރިންގެ ހެކިބަސް ނަގަން ހަމަޖައްސާފައި އޮތް މިއަދުގެ އަޑުއެހުން ސިއްރު ކުރި ސަބަބެއް ސާފެއް ނުވި އެވެ.
ސަލާމާ ދެކޮޅަށް 24 ހެއްކެއް ދައުލަތުން ހުށަހެޅި އިރު ސަލާމްގެ ފަރާތުން ދިފާއުގައި ހެއްކެއް ހުށައެއްނާޅަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ