ޗެމްޕިއަން ވީބީ، 2-1 ލަނޑުން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ވިކްޓަރީ ކަށަވަރު ކޮށްފިއެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗްގެ ފުރަތަމަ ލަނޑު ޖަހާ، މެޗްގެ ލީޑް ފުރަތަމަ ނެގީ ވީބީންނެވެ. އެލަނޑު ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު އާދަމް ފަޒީހް (ފަދިއްކޮ) އެވެ. މެޗްގެ ފަސް ވަނަ މިނެޓްގައި ވީބީން ލަނޑެއް ޖެހި ނަމަވެސް އޭގެ ދެ މިނެޓް ފަހުން ވިކްޓަރީން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެލަނޑު ވިކްޓަރީއަށް ޖަހައިދިނީ ފޯވަޑް އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ.
މެޗްގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެ ޓީމް 1-1 ލަނޑުން ހަމަހަމަވެފައި އޮތް ނަމަވެސް ފުރަތަމަ ހާފުގައި ވިކްޓަރީއަށް ވަނީ ވީބީ ކޮޅަށް ގޯލްޖަހައި ކުރި ހޯދޭފަދަ ގިނަ ފުރުސަތު ތަކެއް ލިބިފައެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ވިކްޓަރީގެ ފޯވާޑުންނަށް ހިފޭ ގޮތެއް ނުވި އެވެ.
މެޗްގެ ދެ ވަނަ ހާފަށް ދެ ޓީމް ނުކުމެ، ފުރަތަމަ 20 މިނެޓުގެ ކުޅުން ނިމުނު އިރުވެސް ދެޓީމްކުރެ، އެއްޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް މެޗް ނިމެން 14 މިނެޓަށް ވެފައި ވަނިކޮށް ވިކްޓަރީން ވަނީ ވީބީ ކޮޅަށް ލަނޑެއް ޖަހާ، ފައިނަލަށް ދިއުމުގެ އުންމީދު އާކޮށްފައެވެ. އެލަނޑު ވިކްޓަރީއަށް ކާމިޔާބު ކޮށްދިނީ ހަސަން އަދުހަމެވެ. އޭނާގެ ލަނޑާއެކު މެޗްގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 2-1 ލަނޑުން ވިކްޓަރީ ކުރީގައި އެވެގެންނެވެ.
މި މެޗުން މޮޅުވެ ވިކްޓަރީ ފައިނަލުން ޖާގަ ކަށަވަރުކުރި ނަމަވެސް ތަށި ކާމިޔާބުކުރުމުގެ ފުރުސަތު އަދި ވީބީއަކަށް ވެސް ނުގެއްލެ އެވެ.
މުބާރާތުގެ ދެވަނަ ސެމީގައި މިރޭ ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ތިން ވަނަ ސެމީގައި ވާދަކޮށް، ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ވީބީ އަށް އެބައޮތެވެ.
ޕްރެޒިޑެންޓްސް ކަޕް: ފައިނަލްގެ ފުރަތަމަ ޖާގަ ވިކްޓަރީން ކަށަވަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ