ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް 15 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށާއި، ނާޒިމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ބުނެފިއެވެ.
މި ދެ އަމުރަކީ ޤާނޫނާ ޚިލާފަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި ނާޒިމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ހައި ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވަނީ އެ ދެ އަމުރު ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅެން ނެތް ކަމަށެވެ.
ނާޒިމް މިމަހުގެ 10 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު ބަންދާއި މެދު ގޮތެއް ނިންމުމަށްޓަކައި ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ ނާޒިމްގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. ނާޒިމްގެ ބަންދަށް 15 ދުވަސް އިތުރު ކުރުމާއި ގުޅިގެން ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
ނާޒިމް ހައްޔަރުކުރިއިރު އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ނުރައްކާތެރި ހަތިޔާރު ވަނީ ފެނިފައެވެ. މި މައްސަލައިގެ ތަހްޤީޤު ނިންމައި، ނާޒިމްގެ މައްޗަށް ދަަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
ނާޒިމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ