ގަދަބާރުން ނުފޫޒުގެ ބޭނުންކޮށްގެން ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަތަން ބަލަން ރައްޔިތުން ނުތިބޭނެކަން ކަށަވަރު: ޝައިޚް އިލްޔާސް

"ރައްޔިތުން އަނިޔާވެރިކަމާއި ޚިޔާނާތާއި އަޅުވެތިކަމާއި ދެކޮޅަށް ވަރަށް ސާފުކޮށް ނޫނެކޭ ބުނެފައިވަނިކޮށް ގަދަބާރުން ނުފޫޒުގެ ބޭނުންކޮށްގެން ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަތަން ބަލަން ރައްޔިތުން ނުތިބޭނެކަން ކަށަވަރު.
ޔާﷲ! މިއަނިޔާވެރިކަމުން އަޅުގަނޑުމެން ރައްކއުތެރިކުރައްވަވާންދޭވެ! އާމީން."
މި ޓްވީޓާއިއެކު ޝައިޚް އިލްޔާސް ޓްވީޓް ކުރައްވަވާފައިވަނީ ސޫރަތުއްޝުޢްރާގެ 227 ވަނަ ޢާޔަތެވެ. އެއާޔަތުގެ މާނައީ:
"އީމާންވެ ޞާލިޙް ޢަމަލުތައްކޮށް، އަދި ގިނަގިނައިން ﷲ ހަނދުމަކޮށް، އަދި އަނިޔާ ލިބުމަށްފަހު، ނަޞްރު ލިބިގަތް މީހުން މެނުވީއެވެ. ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން ރުޖޫޢަވާހުށީ ކޮންތަނަކަށްކަން އެނގޭހުއްޓެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ