ކ. އަތޮޅާއި ދެކުނުގެ ފަސް އަތޮޅަކަށް މޫސުން ގޯސްވެ، ޔެލޯ އެލާޓް!

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގާ ކ. އަތޮޅާއި ދެކުނުގެ ފަސް އަތޮޅަކަށް މޫސުން ގޯސްވެ، ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނީ، ކ. އަތޮޅު އަދި ލ. އަތޮޅުން ސ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާތީ، ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.
އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ، މިއަދު މެންދުރު 1:50 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށެވެ.
ޔެލޯ އެލާޓް ނެރެނީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމަށާއި ކަމާ ބެހޭ އިދާރާތައް ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ތައްޔާރުވުމަށެވެ.
ރާއްޖޭގެ އެހެން ހިސާބުތަކަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވެދާނެތީވެ، މބ. އަތޮޅާއި ސ. އަތޮޅުގެ ބަޔަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެލާޓް ނެރެފައިވަނީ، މިއަދުގެ މެންދުރު 1:00 އިން އިރުއޮއްސި 7:00 އާ ހަމައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ