އުތުރާއި މެދުރާއްޖެ ތެރެއަށް މާދަމާވެސް މޫސުން ގޯސް

ރާއްޖޭގެ ބޮޑު ބަޔަކަށް މާދަމާވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދާއި މާދަމާވެސް ވިއްސާރަކުރާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވިދާޅުވީ، އުތުރާއި މެދުރާއްޖެ ތެރެއަށް ވައިގެ ބާރުމިން އުޅޭނީ، 10 މޭލާއި 20 މޭލާ ދެމެދުގައި ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވާނެ ކަމަށާއި، ނަމަވެސް ދަތުރުފަތުރު ނުކުރެވޭވަރަށް ގަދަ ނުވާނެކަމަށް ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ދަތުރު ކުރާއިރު މޫސުމުގެ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުން މުހިންމު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ