އާޒިމާ، ގައްސާން މައުމޫން އަދި އިތުރު ބަޔަކަށް ޕީޕީއެމްގެ ޓިކެޓު ދީފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވި އައިޝަތު އާޒިމާ ޝަކޫރަށާއި އަދިވެސް އިތުރު ބައެއް ޕީޕީއެމް މެމްބަރުންނަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް ޕްރައިމަރީ އަކާ ނުލައި މިރޭ ޓިކެޓު ހަވާލު ކޮށްފި އެވެ. އާޒިމާ ކުރިމަތިލައްވަނީ ހުޅުދޫ ދާއިރާ އަށެވެ. އާޒިމާގެ އިތުރުން، ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން އަށް ވެސް ވަނީ ޕީޕީއެމްގެ ޓިކެޓު ދީފަ އެވެ. އެ ބޭފުޅުންނަށް ޓިކެޓު ހަވާލު ކުރީ އެކަމަށްޓަކައި މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. މިރޭ އެ ބޭފުޅުންނާ ޓިކެޓު ހަވާލު ކުރި އިރު، މިދިޔަ ހޯމަ ދުވަހު ވަނީ، ޕީޕީއެމްގެ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ 24 ބޭފުޅަކަށް ވެސް ޕްރައިމަރީ އަކާ ނުލައި ޕީޕީއެމްގެ ޓިކެޓު ހަވާލު ކޮށްފަ އެވެ. ތަފްސީލު އަންނަނީ.....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ