އެއޮޑީގައި ޑިމޮކްރަސީގެ ކަންފުޅެއްވެސް ނެތް، އޮތީ ހުދުމުހުތާރު ސިފަތަކެއް: މެމްބަރު ޔާމީން

އެމްޑީޕީ އޮޑީގައި ޑިމޮކްރަސީގެ ކަންފުޅެއްވެސް ނެތް ކަމަށާއި އޮތީ ހުދުމުހުތާރު ސިފަތަކެއް ކަމަށް އިދިކޮޅު ޕާޓީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު މިރޭ ޕީޕީއެމާ ގުޅިވަޑައިގެންނެވި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝިދު ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ ޕީޕީއެމާ ގުޅިވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ޕީޕީއެމްގެ ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“އެއޮޑި ފުރިއްޖެ، ބާގީން ގާޒީންނަށް ވެއްޖެ، ފިތި ބާރުވީމަ ބަޔަކު ނިކުންނާނެ، މި ސަރުކާރުން އުންމީދު އެބަފެނޭ، މި ފެންނަނީ ޒުވާނަކަށްފަހު ޒުވާނެއް ސަރުކާރުގެ އެހީއާއެކު އަރަމުންދާތަން، ޒުވާނުން ފިޔަޖަހަން ފަށައިފި” މެމްބަރު ޔާމީން ވިދާޅުވި އެވެ.
މެމްބަރު ޔާމީން އިތުރަށް ވިދާޅުވީ އަދިވެސް އެ އޮޑި (އެމްޑީޕީ) ފިތޭ ވަރަކަށް މީހުން ނިކުންނަމުން ދާނެ ކަމަށާއި ޕީޕީއެމަށް އައީ ދާއިރާގެ ގިނަ ބަޔަކު ގޮވއިގެން ކަމަށވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ