ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 3:00 އަށް ހުޅުވާލާފައިވާ ކަމަށެވެ. އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ލިއެކިއުންތައް ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެ ކަމަށް އިއުލާނުގައި ބުންޏެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށެވެ. ސިޔާސީ މަގާމެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި އުޅޭ މީހަކަށް އެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އަދި އެ މީހަކީ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތާއި ރިޝްވަތުގެ ކުށެއް މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ކުރިކަން ސާބިތުވެފައި ނުވާ މީހަކަށް ވެސް ވާންޖެހެ އެވެ.
ފަސް މެމްބަރުން ތިއްބަވާ އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ މިހާރު ތިއްބެވި ތިން މެމްބަރެއްގެ ދައުރު ހަމަވާތީ އެވެ. އެއީ އެ ކޮމިޝަންގެ ރައީސް މަރިޔަމް އަޒުރާ އާއި ނައިބު ރައީސް އަހުމަދު ތޮލާލް އަދި މެމްބަރު ޖީހާން މަހުމޫދެވެ.
އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ