އަދީބު ޖަލުގައި ހުންނަވައިގެން ބޯގޮވާފައިވޭ: މެމްބަރު ހުސައިން މުހައްމަދު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލުގައި ހުންނަވައިގެން ބޯގޮވާފައިވާކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެރައީސުލްޖުމްހޫރިއްޔާ އަށް ތަފާތު ތުހުމަތު ކުރައްވާ އަދީބު ނެރެފައިވާ ބަޔާނަށް ރައްދުދެއްވަމުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ، އަދީބު ޖަލުގައި ހުންނަވާތާ ގިނަ ދުވަސްވުމުން މިހާރު ބޯގޮވާފައިވާކަމަށެވެ. މެމްބަރު ފާހަގަކުރެއްވި ގޮތުގައި މިހާރު އަދީބު އުޅުއްވަނީ ސިޔާސީ ގޮތުން ދައްކަވާނެ ވާހަކައެއް ނޭނގިގެން ކަމަށާއި އެހެންކަމުން ތަފާތު ވާހަކަތައް ހަދަހަދައިގެން ދައްކަވަމުން އަންނަ ކަމަށެވެ. އެގޮތުން އަދީބު ސަރުކާރުގެ އެގި މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަބުރު ކަތިލަމުންދާކަން މެމްބަރު ފާހާގަކުރެއްވިއެވެ. މެމްބަރު މިފަދައިން ވިދާޅުވެފައިވާއިރު، އަދީބު ވަނީ ހުސައިން ލަތީފުގެ ނަންވެސް އެ ބަޔާނުގައި ބޭނުންކުރައްވާފައެވެ. އަދި މެމްބަރުގެ އަބުރު ކަތިލެވޭ ގޮތައް ދޮގު މައުލޫމާތު އެބަޔާނުގައި ހިމަނާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ