މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 8 އުމްރާވެރިން ނިޔާވެއްޖެ

މަދީނާ ކައިރީގައި ބަހެއް ފުރޮޅާލައި ހިނގި ހާދިސާގައި އަށް އުމްރާވެރިން ނިޔާވެއްޖެއެެވެ.އެކްސިޑެންޓުގައި މީހުން ސަލާމަތްކުރުމުގައި އެހީތެރިވި މަދީނާ ރޯޑް ސޭފްޓީ ޑިޕާޓްމަންޓުން ބުނީ 51 މީހުން ދަތުރުކުރި ބަސް އެކްސިޑެންޓްވީ ޖިއްދާ އާއި މަދީނާއާ ދެމެދު ދަތުރުކުރާ ހިޖްރާ ހައިވޭގައި ކަމަށެވެ. ރޯޑް ސޭފްޓީ ޑިޕާޓްމަންޓުން ބުނީ އެކްސިޑެންޓްވީ ޑްރައިވަރަށް ބަސް ކޮންޓްރޯލް ނުކުރެވިގެން ގޮސް، ބަސް ފުރޮޅާލުމުގެ ސަބަބުން ކަމަށެވެ.އަލް މަދީނާ އަލް މުނައްވަރާ ސަރަހައްދުގައި ހުންނަ ރެޑް ކްރެސެންޓް އޮތޯރިޓީގެ ބްރާންޗްގެ ޑިރެކްޓާ ޖެނެރަލްއާ ހަވާލާދީ ބުނެފައި ވަނީ މައިގްރޭޝަން ހައިވޭގައި ބަސް އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓެއް ރެޑް ކްރެސެންޓް އޮޕަރޭޝަންސް ރޫމަށް ލިބިފައިވާ ކަމަށެވެ.ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާ ހިނގިއިރު ބަހުގައި 51 އުމްރާވެރިން ތިއްބެވެ. އޭގެ ތެރޭގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާއިރު، 10 އެކި ވަރުގެ ޒަހަމްތަކެއް ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ.ބަހުގައި ތިބީ ކޮން ގައުމުތަކެއްގެ އުމްރާވެރިން ކަމެއް ނޭނގެ އެވެ. ޒަޚަމްވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ސައުދީގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބަސް އެކްސިޑެންޓް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ