އެޗްއާރުސީއެމްގެ މެންބަރުން މާދަމާ ސުޕްރީމް ކޯޓަށް ޙާޒިރުކޮށް ސޫމޯޓޯ މައްސަލަ ބަލަނީ
އެޗްއާރުސީއެމްގެ މެންބަރުން މާދަމާ ސުޕްރީމް ކޯޓަށް ޙާޒިރުކޮށް ސޫމޯޓޯ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.މިކަމާއި ގުޅިގެން ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބައެއް މެންބަރުން ވިދާޅުވީ، އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ތައްޔާރުކޮށް އދ. ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ “ޔުނިވާސަލް ޕީރިއޮޑިކް ރިވިއު(ޔޫޕީއާރު) ރިޕޯޓުގައި ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެފައވާ މައްސަލަ ސުޕްރީމް ކޯޓުން އިސްނަގައިގެން ބެލުމަށް ނިންމާ މާދަމާއަށް މައްސަލަ ތާވަލުވެސް ކޮށްފައިވާ ކަމަށެވެ.އެހެން ނަމަވެސް ކޮމިޝަނުގެ މެންބަރުންނަށް ޗިޓު ޙަވާލު ކޮށްފައި ވަނީ ވަކިވަކިން ކަމަށް ވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.އެޗްއާރުސީއެމުން އދ އަށް ހުށަހެޅި ރިޕޯޓުގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނުފޫޒުގެ ސަބަބުން ސަބަބުން ދަށު ކޯޓުތަކުގެ ޝަރުއީ ބާރުތައް ހަނިވެ ކޯޓުތަކުގެ ބާރު ކެނޑިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ