ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްފައިވަނީ މިފަސް އަހަރު ދުވަހުގެ ތެރޭ-ރައީސް

ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްފައިވަނީ މިފަސް އަހަރު ދުވަހުގެ ތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.އދ. މާމިގިއްޔަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲޔާމިން އަބްދުލްޤައްޔޫމް ވިދާޅުވީ ކުރިން ބޮލަކަށް 4000 ޑޮލަރު ޖެހުނު ނަމަވެސް މިއަދު ބޮލަކަށް 10،000 ޑޮލަރު ޖެހުމަކީ ޤައުމުގެ މުއްސަނދިކަން ކަމަށާއި މުޅި ގައުމު އޮތީ މުއްސަނދިވެފައި ކަމަށެވެ.މީގެ ކުރިން ގައުމުގެ ރިޒާވްގައި 200 މިލިއަން ޑޮލަރު ނުހުންނަ ކަމަށާއި އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔަ އިރު 29 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް ދިވެހިންނަށް ވާރުތަ ކޮށްފައިވާ ކަމަށެވެ. އެއީ ދެއަހަރު ބައިގެ ޖުމްލަ ބަޖެޓުކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެބޮޑު ދަރަނި ރައްޔިތުންގެ ބޮލުން ފިލުވުމަށްފަހު އޭގެ އިތުރަށް ބޮޑެތި މަޝްރޫތަށް ހިންގީވެސް އެމަނިކުފާނު ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.މީގެ ކުރިން މުޅި ބަޖެޓުގައި ހަތަރުހާސް މިލިއަނަށް ވުރެ ގިނައިން ހިމަނައިގެން ހޭދަ ނުކުރާއިރު މިހާރު 88 ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ހޭދަކޮށްގެން މުޅިގައުމުގައި ހީނުކުރާ ފަދަ ބޮޑެތި މަޝްރޫތަށް ހިންގާފައިވާ ކަމަށް ވިދާޅުވިއެވެ. ތަރައްގީގެ ރޮނގުގައި ތަފާސްހިސާބުތައް ހިފައިގެން ސަރުކާރާއިއެކު ބަހުސް ނުކުރެވޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ ޖީބަށް ލާރި ނުވަންނަ ވާހަކަ ދައްކާއިރު ރާއްޖޭގައި ބިޔަ މަޝްރޫޢުތަށް ހިންގާނެ ގޮތެއް ނުވިސްނޭ ކަމަށެވެ. އަދި މިފަދަ މަޝްރޫތަށް ހިންގުމަށް ރާއްޖޭގެ ކުންފުނިތަކާ ހަވާލުކުރަނީ ކޮންމެވެސް މަސައްކަތްތަކެއް ކުރާތީ ކަމަށާއި އެހެން ނޫންނަމަ އެކުންުފުނި ތަކުގައި ވަޒީފާތަށް އިތުރުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.ރާއްޖޭގެ ކުންފުނިތައް ހިނގައިގަތީ އެމަނިކުފާނުގެ ދައުރުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މީގެ ކުރިން މާމިގިއްޔަށް ހޭދަކޮށްފަިއވަނީ 7 މިލިއަން ރުފިޔާ ކަަމަށާއި އެއާ ޚިލާފަށް މި ސަރުކާރުން މާމިގިލީގެ ތަރައްގީއަށް 260 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ތަރައްގި ގެނެވިފައިވަަނީ ކޮން އިރަކުކަން ވަރަށް ރަނގަޅަށް ހާމަވާ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ