ކޮވިޑް19: ރޭގަނޑު 20:00 ގެ ފަހުން ރެސްޓޯރަންޓް، ކެފޭތައް ބަންދު ކުރަން ނިންމައިފި

ރޭގަނޑު 20:00 ގެފަހުން މާލެ އޭރިއާގެ ކެފޭ ރެސްޓޯރެންޓްތަކުން ހިދުމަތްދިނުން މަނާކޮށްފިއެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ވިދާޅުވީ، މި ނިންމުމަކީ ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ ރައްކާތެރިވުމުގެ ގޮތުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނިންމެވި މުހިންމު ނިންމެވުމަށް ކަމަށެވެ.މާލެ ސަރަޙައްދުގައި ކޯވިޑް-19ގެ ހާލަތު ވަރަށްބޮޑަށް ގޯސްވެފައިވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން އިތުރު ފިޔަވަޅެއްގެގޮތުގައި މިމަހުގެ 27 ވާ ހޮނިހިރުދުވަހުގެ ރެއިން ފެށިގެން މާލެ ސަރަޙައްދުގެ ކެފޭ، ރެސްޓޯރެންޓުތަކުގައި ރޭގަނޑު 20:00ގެ ފަހުން ކެއިންބުއިމުގެ ހިދުމަތްދިނުން ވަނީ މަނާކުރައްވާފައެވެ.
ޑރ.ފާޠިމަތު ނަޒްލާ ވިދާޅުވީ މިގޮތަށް ނިންމެވި ނަމަވެސް ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ރޭގަނޑު 10:30އާއި ހަމައަށް ދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ