އުތުރަށް މޫސުން ގޯސްވެ ޔެލޯ އެލާޓް

ރާއްޖޭގެ އުތުރަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ހއ. އިން ފެށިގެން ޅ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. ރެއާއި މިއަދުވެސް ރާއްޖޭގެ އެކި ސައްރަހައްދަށް ވިއްސާރަކޮށް ބާރަށް ވައި ޖެހެމުން ދެ އެވެ. އެ އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ. މެޓުން ބުނީ އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުދަ އެރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. މޫސުން ގޯސްވެ، ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ