ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2026 އަށް ހާއްސަކޮށްގެން ބާއްވާ ”ވޮޗް ޕާޓީ“، ރޭ ޔޫތު ހަބްގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިނަލްއަގުވާމީ މަންދޫބުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އެތުލީޓުންގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުންނާއި ފުޓްބޯޅަ ސަޕޯޓަރުން ބައިވެރިވިއެވެ.
މި ސިލްސިލާ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރު އޮފް ޔޫތު އެމްޕަވަމަންޓް، އެންޑް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް، އަބްދުﷲ ރާފިއުއެވެ. އެމަނިކުފާނު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައެވެ.
ވޯލްޑްކަޕް ނިމެންދެން ކުރިއަށްގެންދާ އެ ހަރަކާތުގެ މައިގަނޑު މަގްސަދަކީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އެއް ތަނަކުން ބައްދަލުވެ، ފޯރިއާއެކު ވޯލްޑް ކަޕް މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި މުޖުތަމައުގެ ބަދަހިކަން އިތުރުކޮށް، ޒުވާނުންގެ ބައިވެރިވުން ކުޅިވަރުގެ ތެރެއިން ފުޅާކުރުމެވެ.
މި އިފްތިތާހީ ރަސްމިއްޔާތުގައި ޑިޕްލޮމެޓުންނާއި، ސަރުކާރުގެ މަތީ ފަންތީގެ ވެރިންނާއި، ގައުމީ ފަންތީގެ ކުޅުންތެރިން ބައިވެރިވިއެވެ. މީގެ އިތުރުން، ވޯލްޑް ކަޕްގެ ފޯރި އާއި ރޫހު ދައްކުވައިދޭ ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޅިވަރުތައް ވެސް މި ހަފްލާގެ ތެރެއިން ކުރިއަށްދިޔައެވެ.
ޔޫތު ހަބްގައި ކުރިއަށްދާ މި ހަރަކާތުގެ ދަށުން، ސަޕޯޓަރުންނަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއްގައި މެޗުތައް ބަލައި، ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ، ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރުގެ އުފާ އެހެން ސަޕޯޓަރުންނާއެކު ފާހަގަކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ވޯލްޑް ކަޕް ފެށުމާއެކު މުޅި ރާއްޖެއަށް ފުޓްބޯޅައިގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި، މާލެއާއި އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް އާންމު ތަންތަނުގައި ވޯލްޑް ކަޕް ބެލޭނެ ގޮތް އެކި ފަރާތްތަކުން ދަނީ ހަމަޖައްސަމުންނެވެ.
ފީފާ ވޯލްޑް ކަޕް ބެލޭނެ ގޮތް ހެދުމަށް ޔޫތު ހަބުން ”ވޮޗް ޕާޓީ“ އިފްތިތާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ