އޭސީމިލާން އަތުން ބޮޑު މޮޅެއް ހޯދާ، އިންޓަރއިން ލީޑް ފުޅާކޮށްފި

ވާދަވެރި އޭސީމިލާން އަތުން ބޮޑު މޮޅެއް ހޯދާ، އިންޓަރމިލާނުން ސެރީއާ ތާވަލްގެ އެއްވަނާގައި 4 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
އެއްވަނައާއި، ދެވަނާގައި އޮތް ޓީމް އޭސީމިލާން ދަނޑުގައި ކުޅުނު މެޗު އިންޓަރމިލާނުން ކާމިޔާބުކުރީ 3-0 ނެވެ. މެޗުގައި އިންޓަރމިލާންގެ ފުރަތަމަ ދެ ލަނޑު ޖެހީ މާޓިނޭޒްއެވެ. އޭނާ ލީޑް ނެގީ 5 ވަނަ މިނިޓްގައި ލުކާކޫ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. އިންޓަރމިލާންގެ ތިންވަނަ ލަނޑު ޖެހީ ލުކާކޫއެވެ. މެޗުގައި ލަނޑު ޖެހުމާ ގާތަށް ދެފަހަރެއްގެ މަތީން އިބްރަހޮމްވިޗް ދިޔައެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. ރޭގެ މަޗަކީ އިޓަލީގެ ޒުވާން ކީޕަރު ޑޮންނަރުމާ ސެރީއާގައި ކުޅުނު 200 ވަނަ މެޗެވެ. މިއީ ސެރީއާގައި އެއަދަދަށް މެޗު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާއެވެ.
މޮޅާއެކު އިންޓަރމިލާން ތާވަލްގެ އެއްވަނާގައި އޮތީ 53 ޕޮއިންޓާއެކުއެވެ. ދެވަނާގައިވާ އޭސީމިލާނަށް ލިބިފައިވަނީ 49 ޕޮއިންޓެވެ. ޗެމްޕިއަން ޔުވެންޓަސް އޮތީ 42 ޕޮއިންޓާއެކު 6 ވަނާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ