ސީރިޔާ އަދި ޢިރާޤުގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތުން މިދިޔަ މެއި މަހު ސީރިޔާއިން ރަހީނު ކުރި 150 ސްކޫލު ކުދިންގެ ތެރެއިން 25 ކުއްޖަކު ދޫކޮށްލައިފި ކަމަށް ސީރިޔަން އޮބްޒަވޭޓަރީ ފޯރ ހިއުމަން ރައިޓްސް އިން ހާމަކޮށްފިއެވެ.
އެ ގްރޫޕުން ވަނީ ރޮއިޓާސް އަށް މިކަން ކަށަވަރުކޮށްދީފައެވެ. އައިއެސްއިން މިކުދިން ދޫކޮށްލި ސަބަބު ހަމަކޮށްފައި ނުވިނަމަވެސް އެގްރޫޕުން ވަނީ މިއީ ޕްރޮޕަގެންޑާއެއް ހިންގުމަށް ކުރި ކަމެއް ކަމުގައި ބުނެފައެވެ.
މިކުދިންތައް ދޫކޮށްލާފައި މިވަނީ ކޮބާނީގައި ދެމުންގެންދާ ހަމަލާތައް ވަރުގަދަވެ ކުރުދީ ހަނގުރާމަވެރިންނަށް ހަނގުރާމަ ކުރުމަށް އެކި ގޮތް ގޮތުން ތަފާތު އެހީ ލިބެމުން އަންނަ ދަނޑިވަޅެއްގަ ކަން ފާހަގަކޮށްލެވެއެވެ.
މިދިޔަ މެއި މަހުގެ އައިއެސް ހަނގުރާމަވެރިން ސީރިޔާގެ 150 ސްކޫލު ކުއްޖަކު ރަހީނުކޮށްފައި ވަނީ އެކުދިން އިމްތިހާނެއް ހެދުމަށް ފަހު އަލެއްޕޯ އަވަށުން ކޮބާނީއަށް އެނބުރި ދިއުމުގެ މަގުމަތީގައެވެ.
ރަހީނު ކުރި ކުދިންގެ ތެރެއިން ޖުލައި މަހު 15 ކުއްޖަކު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ދެން ތިބި ކުދިންނާ ބެހޭ އެއްވެސް މަޢުލޫމާތެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އައިއެސްއިން ރަހީނުކޮށްފައި ތިބި 25 ސްކޫލް ކުދިން މިނިވަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ