އެންމެން އެކުގައި ކުރިއަށްދާން އެދިވަޑައިގެން ސޯލިހުގެ މަރުހަބާ ނަޝީދަށް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޯއްދެވި ކާމިޔާބީއަށް އެމަނިކުފާނާ ވާދަވެރި ލީޑަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްއާ ވާދަކޮށް ނަޝީދު ވަނީ ގާތްގަނޑަކަށް 70 ޕަސެންޓާ ގާތްކުރާ އަދަދަކަށް ވޯޓު ކަށަވަރުކުރައްވާފަ އެވެ. 
"ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއިން ކުރަން ޖެހޭ ސިޔާސީ މަސައްކަތްތައް މިވަގުތު ވަރަށް ގިނަ. އެ މަސައްކަތްތައް ކުރުމުގައި މަނިކުފާނުގެ ތަޖުރިބާ ގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމާ މެދު ޝައްކެއް ނުކުރަން،" ސޯލިހު މިރޭ ވިދާޅުވި އެވެ.
އިންތިހާބުން ބަލިވި މީކާއިލްގެ ސިޔާސީ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ސޯލިހު ވިދާޅުވި އެވެ. 
"އަނެއްކާ ވެސް އެމްޑީޕީ އިން ފެނިގެން މިދިޔައީ ޕާޓީ ގެ އެތެރޭގެ ޑިމޮކްރެސީ ފައްކާވެ ފުރިހަމަ ވަމުން އަންނަތަން. ޕާޓީ އާއިގެން ކުރިއަށް ދާންވީ އެންމެން އެކީ،" ސޯލިހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ