އަބަދުވެސް މަސައްކަތްކުރައްވާނީ ރައްޔިތުން ބަނޑަށް ޖެހުނަ ނުދީ އުފާވެރި ދިރިއުއުޅެއް ހޯދައިދިނުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި އެޕާޓީގެ ރައީސް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ރޭ ރ. އިނގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ މުސާރަ ލިބުނު ކަމުގައިވިޔަސް ތަކެތީގެ އަގު ބޮޑުވެ އަތުން ކުރަންޖެހޭ ހޭދަ ކުރިއަށްވުރެ އެތައް ތަނެއް އިތުރުވެފައިވާ ކަމަށާއި އެގޮތަށް ކަންކަން ވެގެންދިޔައީ ދައުލަތުގެ ދަރަނި ބޮޑުވެ ދިވެހި ރުފިޔާގެ އަގު ވެއްޓުމާއި ގުޅިގެން ކަމަށެވެ.
ކޮންމެ އަހަރަކު 100 މަސް ދޯނި މަސްވެރިކަމަށް ނެރޭނެ ކަމަށް ވައުދުވެވަޑައިގެންނެވީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކަމަށާއި މަސްދޯނިތައް މަސްވެރިންނާއި ހަވާލުކުރާނީ މަސްވެރިން ހީކުރާވަރަށް ވުރެ ކުޑަ އަގެއްގައި ހުރިހާ ވަސީލަތްތަކެއް ގާއިމުކޮށް ސްދޯނިތަކަށް ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކަކާއެކު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަން މިހާރު ހުރި މިންވަރަށް ވުރެން ތަރައްގީ ކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ރޭގެ ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި އިނގުރައިދޫގައި ހިމެނޭ ހަތަރު ކައުންސިލަރުން ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.
އިނގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ތަރުޖަމާނު މޫސާ ރަމީޒް ވިދާޅުވީމިއަހަރުގެ ރިޔާސި އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގާސިމް އިބްރާހީމް ވަރުގެ ދެވަނަ ބޭފުޅަކު ދިވެހި ފަސްގަނޑުގައި އަތްފުނާއެޅިޔަސް ރައްޔިތުންނަށް ނުލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު ރައްޔިތުން ޅޮސް އުނދޯއްޔަށް ލައިގެން ހެއްލައިފި ކަމަށާއި، ރައްޔިތުންގެ ހާލަތު އޮތީ އަމިއްއލަ ހިޔަނި ގެއްލޭ ހިސާބުގައި ކަމަށެވެ. އަދި ދެން އެއްވެސް ބޭފުޅަކު ޅޮސް އުނދޯޔަށް ލީމައި ހެއްލައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ގާސިމްގެ އަގުވައްޓާލުމަށް ބައެއް ފަރާތްތަކުން ހަގީގަތާއި ހިފް ވާހަކަތައް ދައްކަވަމުންދާ ކަމަށާއި، އެކަމަކީ ގާސިމްގެ ވިޔަފާރިއަށް ގެއްލުންދޭން ބަޔަކު ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
މަސައްކަތްކުރާނީ ރައްޔިތުން ބަނޑަށް ޖެހުނަ ނުދިނުމަށް - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ