ވަކި ޖަމާއަތުގައި ހުކުރުކުރާ މީހުނަށް އެމްޑީޕީ އެހީވޭ: އުމަރު

ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރުކުރާ މީހުންނާ ދެކޮޅަށް ސަރުކާރުން ތެދުވި ނަމަވެސް އެމްޑީޕީން އެފަރާތްތަކށް އެހީވެ ހިތްވަރުދޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވެފައިވަނީ މީގެ ދެދުވަސް ކުރިން ކުރައްވާފައިވާ ޓްވީޓެްގަ އެވެ.
އުމަރު ކުރައްވާފައިވާ އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ހަރުކަށި މީހުންނާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު އަޅަފައިވާ ކަމަށާއި ނަމަވެސް އިދިކޮޅު އެމްޑީޕީން އެމީހުންނަށް އެހީވާ ކަމަށެވެ. އެ މައްސަލާގައި އެމްޑީޕީން ސަރުކާރާ އެކުގައި މަސައްކަތް ކުރާނެ ކަމަށް ކުރިން ހީފުޅުކުރެއްވި ކަމުގައިވެސް ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
އުމަރުގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ އެމްޑީޕީން ތިބީ އަހަރެމެންނާއެކު ތޯ ނުވަތަ ވަކިން ޖަމާއަތް ހަދައިގެން އުޅޭ މީހުންނާއެކުގައިތޯ މިހާރު ކަނަޑައަޅަންޖެހޭ ކަމަށެވެ.
ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރާ މައްސަލާގައި ފުލުހުން އެތަނުގެ އިމާމު ހައްޔަރުކޮށްފަވާއިރު މިދިޔަ ހުކުރު ދުވަހުވެސް ވަނީ އެތަނުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކޮށްފަ އެވެ. އަދި އެދުވަހު އެ މިސްކިތަށް ދިޔަ މީހުންގެތެރޭގައި ކުރިން އެއްގޮތަކަށް ވެސް އެމިސްކިތަށް ގޮސް ނޫޅޭ، އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންނާއި އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކުރީގެ ޕާލަމެންޓް މެންބަރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ