ކިނޮޅަހުގައި އާ އިންޖީނުގެ އެއް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި

ރ. ކިނޮޅަހުގައި ފެނަކަ ކޯޕަރޭޝަންގެ އާ އިންޖީނުގެއެއް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ކުރަން ފެނަކަ އިން ހަވާލުކޮށްފައިވަނީ ޓީ. އޭ ކޮންސްޓުރަކްޝަން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.
އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އަދި ޓީއޭ ކޮންސްޓުރަކްޝަން އެންޑް ޓްރޭޑިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ތައުފީގެވެ.
ޖުމްލަ 5.6 މިލިއަން ރުފިޔާއަށް އެ މަސައްކަތް ނިންމަން އެ ކުންފުންޏާ ހަވާލުކޮށްފައިވާއިރު އެ މަސައްކަތް 270 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
އެހެންކަމުން އެ އިންޖީނުގޭގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ނިންމަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ