ބޮޑު މަހާސިންތާގައި ބައިވެރިވުމަށް އަތޮޅު ތެރެއިން ގިނަ ބަޔަކު ރަޖިސްޓްރީކުރަމުން އެބަދޭ: 23 ޑިސެމްބަރ އިއްތިހާދު
        "އިސްލާމދީނުގެ ހިމާޔަތުގައި ދިވެހިން" ގެ ނަމުގައި މަދަނީ އިއްތިހާދުން ބޭއްވި އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވަނީ--ފޮޓޯ: ދިއިސްލާމްއަންނަ ހުކުރު 23 ޑިސެމްބަރ އިއްތިހާދުން ބާއްވާ ބޮޑު މަހާސިންތާގައި ބައިވެރިވުމަށްޓަކައި އަތޮޅު ތެރެއިން މީހުން ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމުން ގަޑިއެއްހާއިރުގެ ތެރޭގައި ހާހަކަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް އެ އިއްތިހާދުން ބުނެފިއެވެ.މިހާތަނަށް އޮތޮޅުތަކުން މަހާސިންތާގައި ބައިވެރިވުމަށް ހާހަކަށްވުރެ ގިނަ މީހުން މާކެ އައުމަށްޓަކައި ރަޖިސްޓްރީކޮށް، ގިނަ ބަޔަކު ޝައުޤުވެރިކަން ފާޅުކުރަމުންދާކަމަށް އަތޮޅު ތެރެއިން އަންނަ މީހުންގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި މަދަނީ އިއްތިހާދުން އުފައްދާފައިވާ ކޯލް ސެންޓަރުގެ އޮފިޝަލެއް ހާމަކުރެއްވިއެވެ.“ގާނޫނު އަސާސީ ނެގެހެއްޓުމާއި ގާނޫނީ ވެރިކަން ދެމެހެއްޓުން” މި ޝިއާރުގެ ދަށުން ބާއްވާ އެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ  މިހާރުގެ ސަރުކާރާ އެކު ގިނަ ޕާޓީތަކުން އޮތްކަން އަންގައިދިނުން ކަމަށާއި ގާނޫނީ ވެރިކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދޭނެކަން ޔަގީންކަން ދިނުންކަން އެ އިއްތިހާދުން ހާމަކުރެއެވެ.ތޭވީސް ޑިސެމްބަރު އިއްތިހާދުން މިއަންނަ ހުކުރު ދުވަހު ބާއްވާ މަހާސިންތާގައި ވީހާ ވެސް ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވުމަށް އެ އިއްތިހާދުގެ އަންހެނުންގެ ވިންގުންވެސް ވަނީ މީގެ ކުރިން ގޮވާލައިފައެވެ.23 ޑިސެމްބަރ އިއްތިހާދުން ހާމަކުރައްވާގޮތުގައި މި މަހާސިންތާ އޮންނީ އެ ދުވަހުގެ ހަވީރު 4:00 ފެށިގެން 18:00 އަށް ލޮނުޒިޔާރަތް ކޮޅުގައި ކަމަށާއި އެހެން ނަމަވެސް އެ ސަރަހައްދު ނުލިބިއްޖެ ކަމަށްވާ ނަމަ މާލެގެ ކޮންމެވެސް ސަރަހައްދެއްގައި މަހާސިންތާ ބާއްވާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            