ވަޒީފާ ދެމެހެއްޓުމާއި މަންފާތައް ލިބެން އޮތް ގޮތަކީ އަޅުގަނޑަށް ހަމަލާ ދިނުން ކަމަށް ވާނަމަ އެކަންވެސް ކުރޭ: މައުމޫނު

ވަޒީފާ ދެމެހެއްޓުމާއި މަންފާތައް ލިބެން އޮތް ގޮތަކީ ރައީސް މައުމޫނަށް ހަމަލާ ދިނުން ކަމަށް ކުރެވެން އޮތް ކޮންމެ ގޮތަކަށް އެކަން ކުރިއަސް ފަރުވާލެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައެވެ.
Should anybody feel that they can keep their job and attending benefits only by attacking me, by all means do so. 1/2
 
ރައީސް މައުމޫނު ވިދާޅުވީ، އެމަނިކުފާނުގެ ބޭނުންފުޅަކީ ގައުމާ ދީނަށް ޚިދުމަތް ކުރެއްވުން ކަމަށާއި، އެހެން މީހަކަށް އޮތް ފުރުސަތަކަށް ގެއްލުން ދެއްވުން ނޫން ކަމުގައެވެ.
މި ދަނޑިވަޅަކީ ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިން ރައީސް މައުމޫނަށް އަމާޒު ކުރައްވާ އެކި އެކި މީޑިއާގައި ވަރަށް ދަށު ދަރަޖައިގެ ބަސްތަކުން ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވާ ދުވަސް ކޮޅެއްކަން ފާހަގަ ކުރެވެއެވެ.
މިގޮތުން ރައީސް ޔާމީން ސަރުކާރުގައި ހިމެނިވަޑައިގަންނަވާ، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވި ފުރުސަތެއްގައި ކެބިނެޓުން ޖާގަ ހޯއްދެވި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އާއި، އެމްޑީއޭގެ ލީޑަރ މުހައްމަދު ޝިޔާމް ދެއްވި ފުރުސަތެއްގައި ފިޝަރީޒް މިނިސްޓަރުކަން ލިބިވަޑައިގެންނެވި މުހައްމަދު ޝައިނީ ފާހަގަ ކޮށްލެވެއެވެ.
މީގެ އިތުރުން ރައީސް މައުމޫނުގެ ސަރުކާރުގައި މަތީ ވަޒީފާތަކެއް ދެއްވި އަދި މިހާރު ރައީސް ޔާމީންގެ ސަރުކާރުން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގައި ހުންނެވި، މުހައްމަދު ހުސެއިން ޝަރީފް ރައީސް މައުމޫނަށް އަމާޒު ކުރައްވާ ބޮޑެތި ތުހުމަތު ތަކެއް ޓީވީއެމްގައި ވަނީ ދާދި ފަހުން ކުރައްވާފައެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ