އެމްޑީޕީގެ އެތެރޭގެ އިންތިހާބް: ނިޔާޒާއި، އަހުމަދު އަބްދުﷲ މަގާމް ކަށަވަރުކޮށްފި

އެމްޑީޕީގެ ޗެއާޕާސަން ނައިބް މާލީގެ މަގާމް އަހުމަދު އަބްދުﷲ އަދި އެޕާޓީގެ ޗެއާޕާސަންގެ ނައިބް އިދާރީގެ މަގާމް އަލީ ނިޔާޒު ކަށަވަރުކޮށްފިއެވެ.
 
ހުކުރު ދުވަހު ހަވީރު 15:00 އިން 18:00 ކުރިއަށް ދިޔަ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ތިން ބޭފުޅަކު ވާދަކުރިއެވެ. އެ މަގާމަށް ވާދަކޮށްފައި ވަނީ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި އިބްރާހިމް ވަހީދު (އެންސްޕާ އިބްރޭ) އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ. ޖުމްލަ 150 ވޯޓް ފޮށި ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި އިރު، މިހާތަނަން އިއުލާންކޮށްފައިވާ ވަގުތީ ނަތީޖާއިން އަހުމަދު އަބްދުﷲ މަގާމް ކަށަވަރުކޮށްފައެވެ.
 
އެހެންނަމަވެސް އެމްޑީޕީގެ އިންތިހާބީ ކޮމެޓީން ބުނީ ވަގުތީ ނަތީޖާ އިއުލާންކުރެވޭނީ ހޮނިހިރު ދުވަހުގައެވެ. އެއާއެކު ޗެއާޕާސަންގެ ނައިބް މާލީ މަގާމް ރަސްމީކޮށް ކަށަވަރުކުރައްވާ ބޭފުޅެއް އިނގިގެންދާނެވެ.  މިއިންތިހާބްގައި ވޯޓްލުމުގެ ހައްގު ލިބިފައި ވަނީ އެމްޑީޕީގެ ކައުންސިލަރުންނާއި، ގައުމީ މަޖިލީހުގެ މެމްބަރުންންގެ އިތުރުން އެޕާޓީގެ ގޮފިތަކުގެ ރައީސުންނެވެ.
 
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމާށް އަލީ ނިޔާޒް ވަނީ ހޮވިފައެވެ. އެމަޤާމަށް އަލީ ނިޔާޒް އިންތިޚާބުވިކަން ކަށަވަރުވެފައި ވަނީ އިންތިހާބްގުގައި ވޯޓްލި މީހުންގެ ތެރެއިން 10 ޕަސެންޓަށް ވޯޓު ލިބުމުނެވެ.
 
ނިޔާޒަކީ ކުރިން އެޕާޓީގެ ޗެއަރޕާސަން މާލީގެ މަޤާމްގައިވެސް ހުންނެވި ބޭފުޅާއެވެ. ޗެއަރޕާސަން ނައިބު އިދާރީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ޕާޓީގެ މެމްބަރޝިޕް ކޮމެޓީއާއި ކެމްޕެއިން ކޮމެޓީ ޗެއަރކުރެއްވުން އަދި ޗެއަރޕާސަން ނެތިއްޖެ ހާލަތެއްގައި އެމަޤާމް ފުރުން ހިމެނެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ