ރައްޔިތުން މިއަދު ތިބެންޖެހިފައި ކަމަކާ ނުލައި ހައްޔަރު ވެދާނެ ކަމުގެ ބިރާއި ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒްގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ މާރާމާރީ އާއި މީހުން ގަތުލުކުރުމުގެ ބިރުވެރިކަން މިރާއްޖޭގައި އިންތިހާއަށް އުފެދިފައިވާއިރު ޙައްޤަކާ ނުލައި މީހުން ގަތުލު ކުރުމަކީ އިންޒާރުގެ ވައީދުގެ ބަސްފުޅު އައިސްފައިވާ ކަމެއް ކަމަށެވެ.
އަދި ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު އަދަދެއް ކަނޑައަޅާފައި ވަނީ ސަލާމަތީ ޚިދުމަތްތަކުގައިވާ ފުލުހުންނާއި ސިފައިންނަށް ކަމަށާއި އަމަންއަމާންކަން ބެލެހެއްޓުން އެއީ އެމީހުންގެ ވަރަށް ބޮޑު ޒިންމާއެއް ކަމަކަށްވީ ހިނދު މާރާމާރީ އާއި މީހުން ގަތުލުކުރުމަށް މެދުވެރިވާ ސަބަބު ދެނެގަންނަން ޖެހިފައިވާ ކަމަށެވެ.
އަނާރާ ވިދާޅުވީ ރައްޔިތުންނަށް އަމަންއަމާންކަން ޤާއިމް ކޮށްދިނުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށާއި މީހުން ކުށްތަކާ ދުރުކުރުމަކީ ވެސް ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
އިތުރަށް އަނާރާ ވިދާޅުވީ ގަތުލު ކުރުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށާއި އެންމެބޮޑު ހަތް ފާފައިގެ ތެރެއިން ހިމެނޭ ފާފައެއް ކަމުގައި ވީހިނދު މުޖުތަމައު ރަނގަޅުކޮށް އަމަންއަމާންކަމާއި ހަމަޖެހުން ގެނައުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ނަމަވެސް ފެނިގެން މިދަނީ ސަރުކާރުން އެކަންކަން ނުކޮށް އެހެން ކަންކަމުގައި އުޅޭތަން ކަމަށެވެ.
ރައްޔިތުން ތިބެން މިޖެހެނީ ކަމަކާނުލައި ހައްޔަރުވެދާނެ ކަމުގެ ބިރުގައި : އަނާރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ