އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ބޮޑު ހާއްސަ ކަމަކީ، މިއީ، 48 ގައުމު ނޫނީ 48 ޓީމުގެ މެދުގައި، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކުރިއަށްދާތީ އެވެ. މި މުބާރާތުގެ ޕްރޮމޯޝަނުގެ ތެރެއިން، ފްރާންސް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ތިއަރީ އޮންރީ ވަނީ 49 ވަނަ ޓީމެއް ވަރަށް ބޮޑަށް އިޝްތިހާރުކޮށްފަ އެވެ.
ސުވާލަކީ އެތައް ވޯލްޑް ކަޕެއްގައި ފްރާންސް ޓީމަށް ކުޅުނު ލެޖެންޑަރީ ތަރި އޮންރީ މި ވާހަކަ ދައްކާ 49 ވަނަ ޓީމަކީ ކޮބައިތޯ އެވެ. އެ ޓީމަކީ، މުބާރާތުގެ އެއް ޕާޓްނަރުން. ކަމަށްޗާ ކިއާ އާއި ފުޓްބޯލް ކޯ އިން ގުޅިގެން، އެކުލަވާލައިފައިވާ "އޮފިޝަލް މެޗް ބޯލް ކެރިއާސް (އޯއެމްބީސީ)" ޓީމެވެ. ވޯލްޑް ކަޕްގެ 104 މެޗުގައި، ޓަނަލުން ޓީމުތައް ނުކުންނައިރު، މެޗުތަކުގެ ބޯޅަ އުފުލާނެ ކުޅުންތެރިންގެ ޓީމެވެ.
އެ ގޮތުން، ކިއާ އިން އޯއެމްބީސީ ކަޕްގެ ނަމުގައި މުބާރާތެއް ބޭއްވީ ނުވަ ގައުމަކުން ކުޅުންތެރިން ގެނެސްގެންނެވެ. އެ މުބާރާތް ކުރިއަށްގެންދިއުމަށް ފަހު، އެކި ވާހަކަތައް ޑޮކިއުމެންޓް ކުރުމަށް ފަހު، މުބާރާތުގައި ބޭނުންކުރާނެ 64 ކުދިން ވަނީ ހޮވައިފަ އެވެ.
އޯއެމްބީސީ ޓީމުގައި، ހިމެނޭ ކުދިން މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި ގިނަ ޕްރޮގްރާމްތަކެއްގައި ބައިވެރިވެ، ފުޓްބޯޅައިން ކެރިއަރެއް ބިނާކުރަން މުހިންމު ކަންތައްތަކެއް ދަސްކުރާނެ ކަމަށް ކިއާ ކޯޕަރޭޝަނުގެ އެކްޒެގްޓިވް ވައިސް ޕްރެޒިޑެންޓް، މިންސޫ ކިމް ވަނީ ވިދާޅުވެފަ އެވެ.
"ފުޓްބޯޅައާ އެންމެން މި ގުޅެނީ ކޮންމެވެސް ކަހަލަ ވާހަކަތަކެއްގެ ތެރެއިން، ވާހަކަތައް ފެށެނީ ފުޓްބޯޅަ އަށް ޝައުގުވެރިކަން އުފެދޭ ކުޑަކުއްޖަކާ ހިސާބުން ފެށިގެން، 49 ވަނަ ޓީމުގެ ވާހަކަތައް ހުންނާނީ އެ ގޮތަށް،" މިންސޫ ކިމް ވިދާޅުވި އެވެ.
އޯއެމްބީސީގެ ކަންކަން ޕްރޮމޯޓްކުރުމުގައި ހަރަކާތްތެރިވާ ފުޓްބޯޅަ ކުޅުންތެރިންނަކީ އޮންރީގެ އިތުރުން، ބްރެޒިލްގެ ތަރި ކަކާ އާއި އިނގިރޭސި ތަރި، ރިއޯ ފާޑިނަންޑް އެވެ.
ކިއާގެ މި އިސްނެގުމާ އެކު، 49 ވަނަ ޓީމުގެ ވާހަކައިން ފުރުސަތު ލިބިގެންދަނީ ފުޓްބޯޅައިން އުންމީދުތަކެއް ހާސިލްކުރަން މަސައްކަތް ކުރާ އަދި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހިތްވަރު ކުރަމުން އަންނަ އެތައް ކުދިންތަކަކަށް ކަމަށް އޮންރީ ވަނީ ބުނެފަ އެވެ. އަދި، މިއީ، ފުޓްބޯޅައިގެ ދަތުރެއް ފެށުމަށް ޝައުގުވެރިވާ ކޮންމެ މީހަކު ވެސް ގަޔާވާނެ އިސްނެގުމެއް ކަމަށް އޮންރީ ގަބޫލުކުރެ އެވެ.
ވޯލްޑް ކަޕްގައި އޮންރީ މި ގެންގުޅެނީ ކޮން 49 ވަނަ ޓީމެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ