އަންގާރަ ދުވަހަށްފަހު މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭ - މެޓް އޮފީސް

އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ފަހުން ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިއަދު ހާމަކުރިގޮތުގައި ފެށޭ ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ވިއްސާރަވާނެއެވެ. އަންގާރަ ދުވަހާ ހަމައަށް ރާއްޖެއަށް ވައި ގަދަވާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަވި ނަމަވެސް، ވާރޭވެހޭ ނިސްބަތް މިއަދުން ފެށިގެން މަދުވެގެން ދާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން މިއަދު ބުނީ ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވެ، ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން އިއްޔެ ބ. ދަރަވަންދޫއަށް 127 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި 50 މޭލާއި 47 މޭލު ބާރު މިނުގައި އެ ރަށަށް ވައިގަދަ ވެފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ހދ. ހަނިމާދޫއަށް 52 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ