އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އާ ގުޅިގެން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް އެ ޕާޓީގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައެޅި ޑެޕިއުޓީ ކެމްޕެއިން މެނޭޖަރު އަލީ ނިޔާޒް ވިދާޅުވީ އިލެކްޝަނާ ހިއްސާކުރީ ވޯޓު ބާތިލުވުމާ ގުޅޭގޮތުންނާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބެހެއްޓުމުގެ އިތުރުން އިލެކްޝަނުން ރެފެރެންޑަމްއާ ގުޅިގެން ރައްޔިތުން ހޭލުންތެރިނުކުރުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ކަމަށެވެ.
ބައްދަލުވުމުގައި ވޯޓު ބާތިލުވާ ގޮތާއި ގުޅިގެން އަދި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓުމާ ގުޅޭގޮތުން ވިސްނާނެ ކަމަށް އިލެކްޝަނުން ބުނި ނަމަވެސް، އަލީ ނިޔާޒް ވިދާޅުވީ ރެފެރެންޑަމް އައި ގޮތުން ރައްޔިތުން ހޭލުންތެރިކުރަން އިލެކްޝަނުގެ މައްޗަށް ލާޒިމުނުވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވާތީ ކަންބޮޑުވާ ކަމަށެވެ.
އިލެކްޝަނުން ކުރިން ބުނީ ރެފެރެންޑަމްއަށް ރައްޔިތުންނަށް ހޭލުންތެރިކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ޕްރޮގްރާމްތައް ހިންގާ، ޓީވީތަކުގައި ވެސް މައުލޫމާތުތައް ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް އެ މަސައްކަތް ކުރިއަށް ނުދެ އެވެ.
މީގެއިތުރުން އެޕްރީލް 4، ގައި ވޯޓުލައި ނިމުމުން އެންމެ ފުރަތަމަ ކައުންސިލް އިންތިހާބުގެ ވޯޓު ގުނަން ނިންމާފައިވާތީ، އޭގެ ބަދަލުގައި ރެފެރެންޑަމްގެ ވޯޓު ގުނުމަށް އެމްޑީޕީން ހުށަހަޅާފައިވާ ކަމަށް އަލީ ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހުށަހެޅުން އެމްޑީޕީން ހުށަހެޅީ ކައުންސިލް އިންތިހާބުގެ ވޯޓު ގުނައި ނިމޭނީ ދަންވަރު ކަމުން، ދަންވަރު ރެފެރެންޑަމްގެ ވޯޓު ގުނުމަކީ ނުބައި ނިޔަތެއްގައި ކުރާ ކަމެއް ކަމަށެވެ.
ކައުންސިލް އިންތިހާބާއި ރެފެރެންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ. އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޑީޕީން އިލެކްޝަނާ ބައްދަލުކޮށް އިންތިހާބާގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށްފި އެމްޑީޕީން އިލެކްޝަނާ ބައްދަލުކޮށް އިންތިހާބާގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ