ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ހާލު ދެރަވެގެން ގާސިމް ހޮސްޕިޓަލުގައި އެޑްމިޓްކުރީ މި މަހުގެ ކުރީކޮޅުއެވެ.
ގާސިމްގެ މެޔަށް ތަދުވެ ނޭވާލާން އުނދަގޫވުމައި ގުޅިގެން މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކުރިއެވެ. ގާސިމް އެފަހަރު ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
ގާސިމް ހޮސްޕިޓަލުން ދޫކޮށްފައިވާއިރު ހިތުގެ އޮޕަރޭޝަނެއް ކުރުމަށްޓަކައި ގާސިމް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އޭނާގެ ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ހިނގަމުން ދާތީ ކޯޓުން ވަނީ ގާސިމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރު ކޮށްފައެވެ.
ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ