މިޔަންމާގެ ރޮހިންގާ މުސްލިމުންނާއި މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ލ. ގަމުގެ ރައްޔިތުން އަޑުއުފުލައިފި އެވެ.
ލ. ގަން ރީޖަނަލް ހޮސްޕިޓަލް ކުރިމަތީގައި އިއްޔެ ކުރިއަށްގެންދިއަ މި ހަރަކާތް އިންތިޒާމްކޮށްފައި ވަނީ ގަމު ކައުންސިލުން ނެވެ.
މި ހަރަކާތާއި ގުޅޭ ގޮތުން ވީނިއުސްއަށް މައުލޫމާތުދެމުން މިހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވި މީހަކު ބުނީ، ގަމުގެ ރައްޔިތުން ނިކުމެ އިއްޔެ އަޑު އުފުލީ ރޮހިންގާ މުސްލިމުންނަށް ދެމުންދާ އަނިޔާތަކާއި ދެކޮޅަށް ކަމަށެވެ.
އިއްޔެ ހަވީރު ފަަހަކުން އިރުއޮއްސެންދެން ކުރިއަށްގެންދިއަ މި ހަރަކާތުގައި ވަނީ ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ފަންޑު ފޮއްޓެއްވެސް ހުޅުވާފައެވެ. މި އެއްވުމުގައި ގަމުގެ ތިން އަވަށްކަމަށްވާ، މުކުރިމަގާއި، މަތިމަރަދޫ އަދި ތުނޑީގެ ކުދި ބޮޑު ގިނަ ބަޔަކު ބައިވެރިވެ ރޮހިންގާ މުސްލިމުންގެ ހައްގުގައި އަޑުއުފުލައިވެއެވެ. އަދި އެއްވުމުގެ ބައިވެރިން ވަނީ، މި ހަރަކާތް ނިންމާލުމުގެ ގޮތުން ރޮހިންގާ މުސްލިމުންނަށް ނަސްރު ދެއްވުން އެދި ޚާއްސަ ދުއާއެއް ކޮށްފައެވެ.
މި ހަރަކާތުގެ އިތުރަށް، ރޮހިންގާ މުސްލިމުންނަށް އެހީމުމަށް ގަމުގެ ފަސް ސަރަހައްދުގައި ފަންޑުފޮށިތައް ބަހައްޓާފައިވާ ކަމަށް މައުލޫމާތުލިބެ އެވެ. ރޮހިންގާ މުސްލިމުންނަށް މިޔަންމާގެ ބުޑިސްޓުން ދެމުންދާ އަނިޔާތަކާއި ދެކޮޅަށް މުޅިރާއްޖޭގައި ދަނީ އަޑުއުފުލަމުންނެވެ.
ރޮހިންގާ މުސްލިމުންނަށް އެހީވުމަށް ދިވެހި ސަރުކާރުން ވިލަރެސް ކޮމިޓީއެއް އެކުލަވާލައި ފައިސާ އެއްކުރުމަށް މީޑިޔާތަކާއި ގުޅިގެން ޚާއްސަ ޓެލެތޯން އެއް މިމަހުގެ 21 އިން 23 އަށް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.
ރޮހިންގާ މުސްލިމުންގެ ހައްގުގައި ލ. ގަމު ރައްޔިތުން ނިކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ