ޏ. ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ކުލާހުގެ ދަރިވަރުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު އަލީއަށް ޒިޔާރަތްކޮށްފި އެވެ.
މިއަދު ހެނދުނު ކުރި މި ޒިޔާރަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގައި ކުރާ ބައެއް މަސައްކަތްތަކާއި ގުޅޭ ގޮތުން އެ ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފަ އެވެ.
މީގެ އިތުރުން ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އަމަލުކުރާ ގޮތްތަކާއި ލައިފް ޖެކެޓް ފަދަ ތަކެތި ބޭނުންކުރާނެ ގޮތްތަކާއި މީހުން ސަލާމަތްކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ވަނީ އެ ދަރިވަރުންނަށް ދައްކާލާފަ އެވެ.
ހާފިޒް އަހްމަދު ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ކުލާހުގެ ދަރިވަރުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީއަށް ކުރި މި ޒިޔާރަތުގައި އެ ކުލާހުގެ 14 ދަރިވަރުންނާއި ހަ ޓީޗަރުން ވަނީ ބައިވެރިވެފަ އެވެ.
މި ޒިޔާރަތުގައި ކޯސްޓްގާޑާ މެދު އެ ކުދިންގެ ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތުދީ، އެ ދަރިވަރުންނާއެކު ކޯސްޓްގާޑު ޝިޕް ޝަހީދު އަލީގެ ސެއިލަރުން ވަނީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
ހާފިޒް އަހްމަދު ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ކޯސްޓްގާޑު ޝިޕް ޝަހީދު އަލީއަށް ޒިޔާރަތްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ