ޕްރެޒިޑެންޓްސް ކަޕް: ސަޕޯޓަރުން ހަމަނުޖެހުން ހިންގި މެޗުން ވީބީ މޮޅުވެ ފައިނަލަށް

މެޗު ނިމެން އަށް މިނިޓަށްވެފައި ވަނިކޮށް ދަނޑުގެ އިރު ދެކުނު ފަރާތުގައި ތިބި ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން ގާތްގަނޑަކަށް 50 ވަރަކަށް މިނިޓަށް މެދު ކަނޑާލި މެޗުން ވީބީ މިރޭ މޮޅުވެ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
އެފްއޭ ކަޕްގައި ނިއު އަތުން ބަލިވުމުގެ ބަދަލު ހިފައި އެ ޓީމުގެ ކޮޅަށް ފަސް ލަނޑު ޖަހާ ވީބީ މި ހޯދި މޮޅާ އެކު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ.
މެޗުގައި މައްސަލަ އުފެދުނީ ނިއު ކޮޅަށް ހަތަރު ލަނޑު ޖަހާ ވީބީ މޮޅުވާން ދަނިކޮށް މެޗުގެ 82 ވަނަ މިނިޓުގަ އެވެ. ނިއުގެ ޑިފެންޑަރަކަށް ވީބީ ކުޅުންތެރިއަކު ފައުލް ކުރި ހިސާބުން ކުޅިބަލާ މީހުން ދަނޑަށް އެއްޗެހި އުކާ ލައިންސްމަނަށް ހަމަލާ ދިނުމުން ޖަޕާން ރެފްރީ ވަނީ މެޗު މެދު ކަނޑާލައިފަ އެވެ. ފަސް މިނިޓަށް ފަހު ދެ ވަނަ ފަހަރަށް ކުޅެން ފެށުމުން ވެސް ލައިންސް މަނާ ދިމާލަށް އެއްޗެހި އުކުމުން މެޗުގެ ކުޅުން މެދު ކަނޑާލި އެވެ. ދެން ލައިންސް މަނަކަށް އެރީ ބަދަލު ރެފްރީ އެވެ. ބަދަލު ރެފްރީއާ ދިމާލަށް ވެސް އެއްޗެހި އުކުމުން މެދު ކަނޑާލި މެޗު އަލުން ފެށީ ގާތްގަނޑަކަށް 50 ވަރަކަށް މިނިޓް ފަހުންނެވެ. މެޗުގެ ބާކީ އަށް މިނިޓް ތެރޭ ވީބީން ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ.
36: 23 މެޗު ނިންމާލައިފި
35: 23 ދެ ލައިންސްމަނުން ވެސް ތިބީ އެއް ފަޅިއެއްގައި.
32: 23: ވީބީން ލަނޑެއް ޖަހައިފި. މި ލަނޑު ޖެހީ އޮއިއްޓޭ
31: 23 ބާކީ ވަގުތުގެ ކުޅުން ފަށައިފި
30: 23 ރެފްރީން މެޗު ފެށުމަށް ދަނޑަށް ނުކުމެއްޖެ. އެކަމަކު ދެ ލައިންސަން މަނުން ވެސް ތިބީ ދަނޑުގެ ހުޅަނޑު ފަރާތުގައި.
25: 23 ދެ ޓީމުގެ ކުޅުންތެރިން މެޗު ފެށުމަށް ތައްޔާރުވާން ފަށައިފި. އެކަމަކު ރެފްރީން އަދި ދަނޑަކަށް ނުނިކުމޭ. މިހާރު މާލޭގައި ކުރިއަށްދާ އޭއެފްސީ ފިއުޗާ ރެފްރީ ކޯހުގެ ޕްރޮޖެކްޓް މެނޭޖަރު ވެސް މިހާރު ދަނޑުގައި އެބަހުރި. އަދި އެ ކޯހުގައި ބައިވެރިވާ ބިދޭސީ ބައެއް ރެފްރީން ވެސް ދަނޑުގައި އެބަތިބި.
23: 23 ދެ ޓީމުގެ ކުޅުންތެރިން ވޯމް އަޕް ކުރުމުގެ ގޮތުން ބޯޅަ ކުޅެން ފަށައިފި
20: 23 ލަފާ ކުރެވޭ ގޮތުން ރެފްރީން އަދިވެސް ބަލަމުން ދަނީ ކުޅިބަލާ މީހުން މައިތިރިވެ އޮމާން ކަމާ އެކު ކުޅުން ކުރިއަށް ގެންދެވޭތޯ. ރެފްރީން އަދިވެސް ޗެންޖިން ރޫމަކުން ނުނިކުމޭ
15: 23 ދަނޑުގެ އިޝްތިހާރު ބޯޑުތައް ކައިރީ އަދިވެސް ކުޅިބަލާ މީހުން އެބަތިބި. ފުލުހުން ވެސް އެ ސަރަހައްދުގައި އެބަތިބި. ބައެއް
10: 23 ރެފްރީ އިންސްޕެކްޓަރު މުހައްމަދު އަމީޒް އައްޑޯއާ މަޝްވަރާ ކުރަން ފަށައިފި ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބަދަލު ރެފްރީ މޭޒް ކައިރި އަށް އައިސް އައްޑޯ އާ ވާހަކަ ދައްކަން ފަށައިފި
05: 23: ބަދަލު ރެފްރީ މޭޒު ކައިރީ މެޗު ކޮމިޝަނަރު އައްޑޯ ދަނީ މަޝްވަރާ ކުރަމުން. ވީބީ ކުޅުންތެރިން ވޯމް އަޕް ކުރަން ފަށައިފި. ނިއު ކުޅުންތެރިން ތިބީ ދަނޑު މަތީ އިށީނދެ ލައިގެން
00: 23 ރެފްރީން އަދިވެސް ދަނޑަށް ނުނިކުމޭ. ކުޅިބަލާ މީހުންގެ ތެރޭން ގިނަ ބަޔަކު މހާރު ދަނޑުން ނުކުންނަނީ.
އެފް.އޭކަޕް ސެމީ ފައިނަލުގައި ނިއު އާއި ވީބީ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް ވަނީ ހުއްޓާލަން ޖެހިފައި. އެ މެޗު ވެސް ހުއްޓާލީ ދަނޑުގެ އުތުރު ފަރާތު މަޖީދީ ވަގާވީ ފަޅިން ސަޕޯޓަރުން ދަނޑަށް އެއްޗެހި އުކުމުގެ ސަަބަބުން. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 12 މިނިޓް އޮއްވާ ހުއްޓާލި މެޗުން ނިއު މޮޅުވީ ކަމަށް ފަހުން ނިންމީ އެފް.އޭ.އެމްގެ ޑިސިޕްލިނަރީ ކޮމެޓީން. އެމެޗު ފުރިހަމަ ކުރަން ވީބީން ދަނޑަށް ނޭރި ކަމަށް ނިންމާ އެ ޓީމު ވަނީ 5000ރ. އިން ޖޫރިމަނާ ކޮށްފައި.
ދެ ޓީމުގެ ކުޅުންެރިން އަދިވެސް ތިބީ ދަނޑުމަތީގައި. ކުޅިބަލާ މީހުން އެއްޗެހި އުކާތީ މެދު ކަނޑާލި މެޗު ނިމުނުކަން އަދި އިއުލާނެއް ނުކުރޭ. ފުލުހުން މިހާރު ތިބީ ދަނޑު އތުރު ފަރާތާއި އިރުމަތީ ފަރާތު އިޝްތިހާރު ބޯޑުތައް ކައިރީ.
ދެވަނަ ފަހަރަށް މެޗު އޮފިޝަލުން މެޗު ކުރިއަށް ގެންދިއުމަށް ދަނޑަށް އަރައި ކުޅެން ފެށި ތަނާހެން އުތުރު ފަރާތުގައި ހުރި ލައިންސްމަނުގެ ގައިގައި ސަޕޯޓަރުންގެ ތެރެއިން އެއްލި އެއްޗެއް ޖެހުމުން އަނެއްކާ ވެސް މެޗުގެ ކުޅުން މެދުކަނޑާލައިފި. މެޗު އޮފިޝަލުން ތިބި ހަތަރު ވަނަ އޮފިޝަލުންގެ މޭޒު ކައިރީގައި. ލައިންސްމަންގެ ބަދަލުގައި ހަތަރު ވަނަ އޮފިޝަލަކަށް ހުރި އޮސްޓްރޭލިއާގެ ރެފްރީ ލައިންސްމަނަކަށް އަރައިފި. އެކަމަކު ރެފްރީ ތިން ކަށިގަނޑާއެކު މެޗު ނިންމާލިކަމުގެ އިޝާރާތް ދީފި. ރެފްރީ މެޗު ނިންމާލި އިރު 90 މިނިޓް ވަނީ ހަމަވެފައި. އެކަމަކު ފަހު އަށް މިނިޓުގައި މެޗުގެ ކުޅުން ކުރިއަކަށް ނުގެންދެވނު. ރެފްރީން ޗޭންޖިން ރޫމަށް މިހާރު ވަދެއްޖެ
ކުޅުން މެދުކަނޑާލިތާ ފަސް ވަރަކަށް މިނިޓު ފަހުން މެޗުގެ ކުޅުން އަލުން ފެށުމަށް ރެފްރީ ކަށިގަނޑު ފުމެ އަލުން ދަނޑަށް އެރި ނަމަވެސް ދަނޑުގެ އުތުރު ފަރާތުގެ ބިލްބޯޑުތައް ކައިރީގައި ތިބި ސަޕޯޓަރުން ދުރަށް ނުޖެހޭތީ އަނެއްކާ ވެސް މެޗު އޮފިޝަލުން ހަތަރު ވނަ އޮފިޝަލް މޭޒާ ދިމާލަށް ހިނގައްޖެ.
މެޗުގެ ރެފްރީއަކީ ޖަޕާނުގެ މިކާމީ ޝޮއިޗީރޯ. އެސިސްޓަންޓް ރެފްރީންނަކީ އުޒްބެކިސްތާނުގެ ރަހިމޮވް އަކަމަލްޖޮން އާއި ހޮންކޮންގެ ޓަންގް ހިންގް ފޫ. ބަދަލު ރެފްރީ އަކީ އޮސްޓްރޭލިއާގެ އަލެޖަންޑުރޯ އަޒްކޫރާ. މިއީ މިއަދު މާލޭގައި ފެށި އޭއެފްސީ ފިއުޗާ ރެފްރީ ކޯހުގެ ބައިވެރިން.
82 - ނިއުގެ ގޯލްކީޕަރު ޝަފީއު އަށް ވީބީގެ އިމްރާން ކުރި ފައުލަކާ ގުޅިގެން ދަނޑުގެ އުތުރު ފަރާތުގައި ތިބި ސަޕޯޓަރުން ދަނޑަށް އެއްޗެހި އުކަން ފެށުމުން ރެފްރީ ކުޅުން މެދުކަނޑާލައިފި. މެޗުގެ އޮފިޝަލުން މިހާރު ތިބީ ހަތަރު ވަނަ އޮފިޝަލުގެ މޭޒު ކައިރީގައި މަޝްވަރާކުރަން.
80 - ވީބީގެ ކެޕްޓަން ދަގަނޑޭގެ ބަދަލުގައި ހަސަން ސުފިޔާން ކުޅެން ނުކުމެއްޖެ
79 - ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ވީބީގެ ދަގަނޑޭ ތިރިތިރިން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށް
75- ވީބީގެ ސެންގިޒް އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފި. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ވީބީގެ އިމްރާނަށް ލިބުނު ފުރަތަމަ ބޯޅަ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލުމުން އޭރިޔާ ތެރޭގައި މުޅިން ހުސްކޮށް ހުރި ސެންގިޒް ވަނީ އެ ބޯޅަ ގޯލަށް ވައްދާލައިފަ
74 - އަނިޔާވި ވީބީގެ ފަދިއްކޮގެ ބަދަލުގައި އާދަމް އިމްރާން ކުޅެންނުކުމެއްޖެ
71 - ނިއުގެ ތިން ޑިފެންޑަރުން ކަޓުވާލުމަށް ފަހު ދަގަނޑޭ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަން ނަމަވެސް އޭނާ އަށް ގޯލާ ދިމާލާށް ބޯޅަ ފޮނުވާލެވޭ ޖާގައެއް ނުލިބުނު
68- ނިއުގެ ބަލްގޭރިއާ ކުޅުންތެރިޔާ ޕެޓްކޮވް ވީބީގެ ފަދިއްކޮ އަށް ކުރި ފައުލަކާ ގުޅިގެން ޕެޓްކޮވް އަށް ރީނދޫ ކާޑެއް ދައްކައިފި. ފަދިއްކޮ އަށް ދަނީ މިހާރު ފަރުވާދެމުން.
66 - ވީބީގެ ތިން ވަނަ ލަނޑު ދަގަނޑޭ ކާމިޔާބުކޮށްފި. ވީބީގެ ހޮލެންޑް މިޑްފީލްޑަރު ސެންގިޒް ހުސެއިން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ދަގަނޑޭ އަށް ދިން ބޯޅަ ދަގަނޑޭ މެއިން ކޮންޓުރޯލްކުރުމަށް ފަހު ގޯލާ ދިމާލަށް ފޮނުވާލުމުން ނިއުގެ ގޯލްކީޕަރު ޝަފީއު ދިފާއުކުރި ނަމަވެސް ދެވަނަ ފަހަރަށް ދަގަނޑޭ އަށް އެ ބޯޅަ ލިބުމުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލި
ދެވަނަ ހާފުގައި މިހާތަނަށް ނިއު އަށް މާ ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވޭ. އެ ޓީމުގެ މިޑްފީލްޑަރުންނަށް ފޯވަޑް ލައިންގައި ތިބި ކުޅުންތެރިންނަށް ބޯޅަތައް ތަނަވަސްނުކުރެވޭ ކަން ފާހަގަކޮށްލެވޭ
62 - އަނެއްކާ ވެސް ދަގަނޑޭގެ ހަމަލާއެއް. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ދަގަނޑޭ ފޮނުވާލި ޝޮޓް ނިއުގެ ގޯލްކީޕަރު ޝިފާއު ދިފާއުކޮށްފި
60 - ވީބީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނިއުގެ އިބްރާހިމް ޝިޔާމް (ދޮނާ) ފޮނުވާލި ބޯޅަ ވީބީގެ ގޯލްކީޕަރު އިމްރާން ހިފައިފި
57 - ދަގަނޑޭ ނިއުގެ ޕެނަލްޓީ އެރިޔާ ތެރެއިން ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ބޭރަށް
50 - ވީބީގެ ދަގަނޑޭ ލަނޑުޖަހައިފި. ވީބީގެ އުމެއިރު ދިން ޕާހަކުން ލިބުނު ބޯޅަ ހިފައިގެން ނިއުގެ ޕެނަލްޓީ އެރިޔާ ތެރެއަށް ވަދެ ދަގަނޑޭ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފި
48- ނިއުގެ ޗާލްސް ވީބީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ވީބީގެ ކީޕަރު އިމްރާނުގެ އަތަށް
ދެވަނަ ހާފުގެ ކުޅުން ފަށައިފި
ޕްރެޒިޑެންޓްސް ކަޕުގެ ތިން ވަނަ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ވީބީ ވަނީ ނިއުގެ މައްޗަށް 1- 0 ގެ ލީޑެއް ހޯދައިފަ އެވެ. މެޗުގެ ކުރީކޮޅު ވީބީގެ އައްސަދު އަލީ (އަޑުބަރޭ) ކާމިޔާބުކުރި ލަނޑާއެކު ވީބީން ކުރި ހޯދިއިރު، އެ ޓީމަށް ވަނީ ލީޑު ފުޅާކޮށްލުމަށް ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މެޗުގެ 34 ވަނަ މިނިޓުގައި ވީބީ އަށް ލިބުނު ޕެނަލްޓީ އެވެ. ވީބީގެ މުހައްމަދު އުމެއިރު ފޮނުވާލި ޕެނަލްޓީ ނިއުގެ ގޯލްކީޕަރު މުހައްމަދު ޝަފީއު ވަނީ ދިފާއުކޮށްފަ އެވެ. ފުރަތަމާ ހާފުގައި ނިއުގެ ފަހަތަށް ގިނަ އުނދަގޫތަކެއް ކުރިމަތިކުރުވި ވީބީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ލަނޑު ޖަހާނެ ހުސް ދެ ފުރުސަތެއް ލިބުނު ނަމަވެސް އެ ދެ ބޯޅަ ގޯލަށް އަމާޒުކޮށްލެވޭ ގޮތެއް ނުވި އެވެ.
ނިއު އަށް ވެސް ވަނީ ލަނޑު ޖަހާނެ ދެ ތިން ފުރުސަތެއް ލިބިފަ އެވެ. އެކަމަކު ލައިބީރިއާގެ ފޯވަޑް ޗާލްސް ރައިޓް ގަޔޭ އާއި ޒުވާން ފޯވަޑް އަހުމަދު އަހުސަން އަށް ލިބުނު ދެ ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ
45 - ވީބީގެ އާދަމް ފަޒީހް (ފަދިއްކޮ) ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ދަގަނޑޭ ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް އެ ބޯޅައިގައި މާ ބާރެއް ނެތް
43 - ދަގަނޑޭ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ބުޑުގައި ހުރެ ވީބީގެ އަކުރަމް އަބްދުލް ގަނީ ފޮނުވާލީ ގޯލުގެ މަތިން
40- ނިއުގެ ޗާލްސް ވީބީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ނިއުގެ އަހުމަދު އަހުސަން ކޮންޓުރޯލްކޮށްފައި ގޯލާ ދިމާލަށް ފޮނުވާލުމުގެ ކުރިން ވީބީގެ ޑިފެންޑަރު އެ ބޯޅަ ދިފާއުކޮށްފި
35- އުމެއިރު ޖެހި ޕެނަލްޓީ ނިއުގެ ގޯލްކީޕަރު ޝަފީއު ދިފާއުކޮށްފި
34 - ނިއުގެ ކުޅުންތެރިއެއް ވީބީގެ ދަގަނޑޭ އަށް ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ވީބީ އަށް ޕެނަލްޓީއެއް. ޕެނަލްޓީ ޖަހަނީ އުމެއިރު
29 - ދަގަނޑޭ އަށް އަނެއްކާ ވެސް ހުސް ފުރުސަތެއް. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވެދެ އެ ޓީމުގެ ގޯލްކީޕަރު ޝަފީއު ކައިރިން ނައްޓާލަން ދަގަނޑޭ މަސައްކަތްކުރަނިކޮށް ޝަފީއު ވަނީ އެ ބޯޅަ ދިފާއުކޮށްފަ
23 - ވީބީގެ މިޑްފީލްޑަރު މުހައްމަދު އުމެއިރު ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ވީބީގެ ސައްޕޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ބޭރަށް
22 - ނިއުގެ ޗާލްސް އަށް ވީބީގެ ޕެނަލްޓީ އެރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް ވީބީގެ ގޯލްކީޕަރު އިމްރާން އެ ބޯޅަ ދިފާއުކޮށްފި
19 - ވީބީގެ ކެޕްޓަން ދަގަނޑޭ އަށް ލިބުނު ހުސް ފުރުސަތެއްގައި ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ދަގަނޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ނިއުގެ ގޯލްކީޕަރު ޝަފީއުގެ ގަޔާ ދިމާލަށް.
17 - ވީބީ އަށް ލަނޑު ޖަހައިދިން އަޑުބަރޭ ބާލައިފި. ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު ހުސެއިން (އޮއިއްޓޭ). ބެލެވޭ ގޮތުގައި އަޑުބަރޭ ބެލީ އަނިޔާވެގެން
13 - ނިއުގެ ޗާލްސް ވީބީގެ ޕެނަލްޓީ އޭރިޔާ ނެގި ހުރަސް ވީބީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ހިފައިފި
11 - ނިއުގެ ދެވަނަ ކޯނަރު ޗާލްސް ވީބީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލި ނަމަވެސް ނިއުގެ ކުޅުންތެރިންނަށް އެ ބޯޅައިގެ ބޭނުމެއް ނުކުރެވުނު
7 - ވީބީގެ ކެޕްޓަން ދަގަނޑޭ ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހިލޭ ޖެހުން ނިއުގެ ގޯލުގެ ހުރަސް ދަނޑިކައިރިން ބޭރަށް
4 - ގޯލް. ވީބީގެ އައްސަދު އަލީ (އަޑުބަރޭ) މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފި. މެޗުގެ ހަތަރު ވަނަ މިނިޓުގައި ނިއުގެ ޑިފެންޑަރު އަހުމަދު އަބްދުﷲ އެ ޓީމުގެ ގޯލްކީޕަރު މުހައްމަދު ޝަފީއު އަށް ބޯޅަ ދޫކޮށްލަން އުޅެނިކޮށް އަޑުބަރޭ ފަހަތުން އައިސް އެ ބޯޅަ އަތުލައި ގޯލުގެ ތެރެއަށް ވައްދާލިއިފި
3 - މެޗުގެ ތިން ވަނަ މިނިޓުގައި ނިއު އަށް ލިބުނު ކޯނަރަކުން އެ ޓީމުގެ މުހައްމަދު ނާސިރު ވީބީގެ ޕެނަލްޓީ އެރިޔާ ބޭރުން ފޮނުވާލި ޝޮޓް ދިޔައީ ބޭރަށް
ވީބީ މިރޭ ކުޅެމުންދަނީ އެ ޓީމު އާންމުކޮށް ބޭނުންކުރާ ހުދު ޖޯޒީގެ ބަދަލުގައި ރީނދޫ ޖޯޒީގައި. މެޗު ބަލަން ގިނަ އަދަދެއްގެ މީހުން ދަނޑަށް ވަދެ އެބަތިބި. ދެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ވެސް ބެރާއި ދުންމާރީ އަޑުތައް އިވެމުންދޭ
00؛ 21 މެޗުގެ ކުޅުން ފަށައިފި. މެޗުގެ ފެށީ ނިއު އިން. ނިއުގެ ކުޅެނީ ގަލޮޅު ދެކުނު ފަޅީގައި. ވީބީގެ ފުރަތަމަ ހާފުގައި ކުޅޭނީ ދަނޑުގެ އުތުރު ފަރާތުގައި
56: 20 ދެ ޓީމުގެ ކުޅުންތެރިން ދަނޑަށް ނުކުމެއްޖެ. މެޗުގެ ރެފްރީއަކީ ޖަޕާނުގެ މިކާމީ ޝޮއިޗީރޯ. އެސިސްޓަންޓް ރެފްރީންނަކީ އުޒްބެކިސްތާނުގެ ރަހިމޮވް އަކަމަލްޖޮން އާއި ހޮންކޮންގެ ޓަންގް ހިންގް ފޫ. ބަދަލު ރެފްރީ އަކީ އޮސްޓްރޭލިއާގެ އަލެޖަންޑުރޯ އަޒްކޫރާ. މިއީ މިއަދު މާލޭގައި ފެށި އޭއެފްސީ ފިއުޗާ ރެފްރީ ކޯހުގެ ބައިވެރިން.
ޕްރެޒިޑެންޓްސް ކަޕުގެ ތިން ވަނަ މެޗުގައި ވީބީ ސްޕޯޓްސް އާއި ނިއު ރޭޑިއަންޓް ބައްދަލުކުރާ މެޗު ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ އެވެ.
މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދުމަށް މި ދެ ޓީމު ބައްދަލުކުރާއިރު އަނިޔާ އާއި ސަސްޕެންޝަނުގެ މައްސަލަތައް ވަނީ ނިއު އަށް ކުރިމަތިވެފަ އެވެ. ޓީމުގެ އިތުބާރު ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އާއި އެންމެ ފަހުން ނިއު ކުޅުނު މެޗުތަކުގައި ފުރަތަމަ 11ގައި ހިމެނިފައިވާ ފައުޒާން ހަބީބް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެ އެވެ. އަދި މިޑްފީލްޑަރު އަލީ ނަވާއު އާއި ބަލްގޭރިއާގެ ޑިފެންޑަރު އީވޯ ވަރަބަނޯވް ވަނީ ސަސްޕެންޑްވެފަ އެވެ.
މި ދެ ޓީމު ކޮކާކޯލާ އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި ބައްދަލުކުރި މެޗަކީ މި ސީޒަނުގައި ފެނުނު އެންމެ ފޯރިގަދަ އަދި އެންމެ މައްސަލަ ބޮޑުވި މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ