ބީއެމްއެލް އެޕާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހިދުމަތްތަކަށް އެދެން ހެޔޮ ބަދަލުތަކެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ މޮބައިލް އެޕް އަދި އިންޓަނެޓް ބޭންކިންއަށް އަޕްޑޭޓް ގެނެސް، ކަސްޓަމަރުންނަށް ހިދުމަތްދޭ "އާޔާ" އަށް މުހިންމު ބަދަލުތަކެއް ގެންނަން ފަށައިފި އެވެ.ބީއެމްއެލް އިން ބުނީ މި އަޕްޑޭޓްއާއެކު "އާޔާ" މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް އަވަސް ހައްލެއް ލިބި، ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ހަލުވިކަމާއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.މި އަޕްޑޭޓާ އެކު، 'އާޔާ' މެދުވެރިކޮށް:ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް އަވަސް ހައްލެއް ލިބި، ބޭންކުގެ ހިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ހަލުވިކަމާއި ފަސޭހަކަމެއް ލިބޭނެ ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ވެސް ލިބޭނެމި ބަދަލާ އެކު، މޮބައިލް ބޭންކިން އެޕް އަދި އިންޓަނެޓް ބޭންކިންގައި ކުރިން ކަސްޓަމަރުން ބޭނުންކުރަމުން އައި މެސެޖިން ފީޗާ މެދުވެރިކޮށް ބޭންކުގެ ހިދުމަތްތަކަށް އެދި ހުށަހެޅުން މެދުކަނޑާލެވޭނެ އެވެ.ބީއެމްއެލް އިން ބުނި ގޮތުގައި މިއީ އެ ބޭންކްގެ ޑިޖިޓަލް ބޭންކިން ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ