ވޯލްޑް ކަޕް ފުޓްބޯލަ މުބާރާތަށް ފަހު ޓީމާއި ވަކިން އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ގައުމަށް ހިނގައްޖެއެވެ.
ރޮއިޓާސްއިން ބުނާ ގޮތުގައި ސްޕޭން އަތުން ބަލިވި މެޗަށް ފަހު ޓީމާއެކު އާޖެންޓީނާ އަށް ނުގޮސް މެސީ މަޑުކުރީ އެމެރިކާގައެވެ. މެސީ ދިރިއުޅެނީ ވެސް އެމެރިކާގަ އެވެ. އެއީ އޭނާ ކުޅެނީ އެމެރިކާގެ އިންޓަ މިއާމީއަށް ކަމަށްވާތީ އެވެ. ނަމަވެސް މިއަދު ހެނދުނު އަމިއްލަ ޖެޓްގައި އޭނާ ގައުމަށް ދިޔައީ އާއިލާ ވެސް ގޮވައިގެން ކަމަށެވެ. އަދި މެސީ އާޖެންޓީނާގައި ޗުއްޓީ ހޭދަކުރާނީ އޭނާގެ އުފަން ހިސާބު ކަމަށްވާ ރޮސާރިއޯގައި ކަމަށެވެ.
އާޖެންޓީނާގެ ޓީމު ހާއްސަ ފްލައިޓެއްގައި އިއްޔެ ގައުމަށް ދިއުމުން ވަނީ ރަތް ދޫލައިގެ މަރުހަބާ އެއް ކިޔައިފައެވެ. ނަމަވެސް ގިނަ ކުޅުންތެރިން ފައިނަލް މެޗަށް ފަހު އެމެރިކާއިން މިސްރާހު ޖެހީ އެކި މަންޒިލްތަކަށެވެ.
ދިފާއީ ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ ސްޕޭން އަތުން އިތުރު ވަގުތުގައި 1-0އިން ބަލިވި އާޖެންޓީނާގެ ކުޅުންތެރިންގެ ތެރެއިން ޓީމާއެކު ގައުމަށް ނުދަނީ މެޗުގައި ރަތްކާޑު ދެއްކި އެންޒޯ ފެނާންޑޭޒް އާއި ލައުޓާރޯ މާޓިނޭޒް އާއި ހޫލިއަން އަލްވަރޭޒް އާއި ޖަރޮނީމޯ ރުއްލީ އާއި ނޮކޯ ޕަޒް އަދި ކްރިސްޓިއަން ރޮމޭރޯ އާއި މޮލީނާ އަދި ހުއާން މޫސޯ އެވެ.
މެސީއާ އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅޭ ރޮޑްރީގޯ ޑިޕޯލް އާއި މެސީ ކުލަބާ ކުޅޭނީ ޗުއްޓީ ހޭދަކުރުމަށްފަހު އެވެ.
އާޖެންޓީނާގެ ސަރުކާރުން ވަނީ ޓީމަށް މަރުހަބާ ކިއުމަށް މާބޮޑު ރަސްމިއްޔާތެއް ނުބާއްވަން ނިންމައިފަ އެވެ. ނަމަވެސް ކުޅުންތެރިންނާ ނިންމާ ދުވަހެއްގައި ސަރުކާރު ބަންދުކޮށް ސަޕޯޓަރުންނާއެކު އުފާފާޅު ކުރާނެ ދުވަހެއް ހަމަޖައްސަން ވަނީ ރާވައިފަ އެވެ.
ޓީމާއި ވަކިން މެސީ އާޖެންޓީނާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ