ފުރަތަމަ ހާފުގައި ލުއިސް ސުއާރޭޒް ކާމިޔާބުކުރި ލަނޑާއެކު މެކްސިކޯ އަތުން 1- 0 އިން މޮޅުވެ، ގުރޫޕު އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އުރުގުއޭ ދެވަނަ ބުރުން ޖާގަ މިރޭ ހޯދައިފި އެވެ. މެޗުން ބަލިވި ނަމަވެސް މެކްސިކޯ އަށް ވަނީ ގުރޫޕު އޭގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގަ ލިބިފަ އެވެ.
ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އުރުގުއޭ ދެވަނަ ބުރުން ޖާގަ ހޯދީ ހަތް ޕޮއިންޓާއެކު އެވެ. މެކްސިކޯ އާއި ދެކުނު އެފްރިކާ އަށް ހަތަރު ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުން ދެވަނަ ލިބުނީ މެކްސިކޯ އަށެވެ. ފައިދާ އެއް ލަނޑާއެކު މެކްސިކޯ ގުރޫޕު ސްޓޭޖު ނިންމާލިއިރު ދެކުނު އެފްރިކާ މުބާރާތުން ކެޓީ ގެއްލުން ދެ ލަނޑާއެކު އެވެ. ގުރޫޕުގެ ފުލަށް ދިޔައީ އެއް ޕޮއިންޓާއެކު އޮތް ފްރާންސް އެވެ. ފްރާންސް މުބާރާތުން ކެޓިއިރު ކާމިޔާބުކުރެވުނީ އެންމެ ލަނޑެވެ.
52: 20 އުރުގުއޭ 1- 0 އިން މޮޅުވެގެން މެޗު ނިމިއްޖެ
31: 20 72 މިނިޓުގެ ކުޅުން ނިމުނުއިރު މެކްސިކޯ އިން ދަނީ ލަނޑެއް ކާމިޔާބުކުރުމަށް އުރުގުއޭގެ ފަހަތަށް ބާރުބޮޑުކުރަމުން
06: 20 ދެވަނަ ހާފުގެ ކުޅުން ފަށައިފި
49: 19 މެޗުގެ ފުރަތަމަ ހާފު ނިމިއްޖެ
1944 މެޗުގެ 43 ވަނަ މިނިޓުގައި އުރުގުއޭގެ ސުއާރޭޒް އެ ޓީމަށް ލީޑު ހޯދައިދީފި
00: 19 މެޗު ފަށައިފި
ވޯލްޑް ކަޕުގެ ގުރޫޕު އޭގައި މިރޭ 1900 ގައި މެކްސިކޯ އާއި އުރުގުއޭ ބައްދަލުކުރާއިރު މި ދެ ޓީމަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. ދެ ޓީމަށް ވެސް ދެވަނަ ބުރަށް ދާން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
މެކްސިކޯގެ ފުރަތަމަ 11:
1- ޕެރޭޒް (ގޯލްކީޕަރު)
2- ރޮޑްރިގޭޒް
3- ސަލްސީޑޯ
4- މާކޭޒް
5- އޮސޯރިއޯ
6- ޓޮރާޑޯ
9- ފްރެންކޯ
10- ބްލެންކޯ (ކެޕްޓަން)
15- މޮރޭނޯ
17- ޑޮސް ސަންޓޮސް
18- ގުއަޑާޑޯ
އުރުގުއޭގެ ފުރަތަމަ 11:
1- މުސްލެރާ (ގޯލްކީޕަރު)
2- ލުގާނޯ (ކެޕްޓަން)
4- ފުސިލޭ
6- ވިކްޓޮރީނޯ
7- ކަވާނީ
9- ސުއާރޭޒް
10- ފޯލާން
11- އަލްވާރޯ ޕެރެއިރާ
15- ޕެރޭޒް
16- ޕެރެއިރާ
17- އަރެވާލޯ ރިއޮސް
ވޯލްޑް ކަޕް: މެކްސިކޯ އާއި އުރުގުއޭ ދެވަނަ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ