އިމްތިހާނު ހަދާ ދަރިވަރުންނަށް ދަތި ނުވާ ގޮތަށް މަގުމަތީގައި މަސައްކަތް ކުރަން އެދެފި

އޯލެވެލާއި އޭލެވެލް އިމްތިހާނު ހަދަމުންދާ ވަގުތުތަކުގައި، އިމްތިހާނު އޮންނަ ހޯލުތައް ހިމެނޭ ސަރަހައްދުތަކުގައި ދަރިވަރުންނަށް ދަތިވާ ގޮތަށް މަސައްކަތް ނުކުރަން ހައުސިން މިނިސްްޓްރީން މިއަދު އެދެފި އެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަަޔާނެއްގައި ބުނީ އިމްތިހާނު ހަދާ ކުދިންނަށް ރޭގަނޑުު ނިދުމާއި ފަތިހު ފިލާވަޅު ދަސްކުރުމަށް ފަސޭހަވާނެ ގޮތަށް މަސައްކަތްތައް ކުރުމަކީ ދަރިވަރުންނަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ، ދުވާލު މަސައްކަތްކުރުމުގެ ހުއްދަ ދޭ އަދަދު މަދުކުރުމާއި މަސައްކަތް ކުރުމަށް ހުއްދަ ދޭ މަގުތަކަށް ބައެއް ބަދަލުތައް ގެންނާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"ވީމާ މަތީގައި ދެންނެވުނު ފަދަ މަސައްކަތްތައް ކުރެއްވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން، މި މިނިސްޓްރީ އަށް އެއްބާރުލުން ދެއްވާނެ ކަމަށް ގަބޫލުކޮށް ޝުކުރު ދަންނަވަން،" ބަޔާނުގައިވެ އެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޯލެވެލް އާއި އޭލެވެލް އިމްތިހާނު ވަނީ މިދިޔަ ހޮނިހިރު ދުވަހު ފަށައިފި އެވެ. ރާއްޖޭގެ އެކި ސްކޫލުތަކުން މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 7،033 ދަރިވަރުން ބައިވެރިވާއިރު އޭލެވެލް އިމްތިހާނުގައި 334 ދަރިވަރުން ބައިވެރިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ