މި ހިނގާ ޖުލައި މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ކުޑަކޮށްދޭން ގޮވާލާ ޕެޓިޝަނެއް ފަށައިފިއެވެ. އާންމު ފަރާތަކުން ފެށި މި ޕެޓިޝަނުގައި ގޮވާލާފައިވަނީ މާލޭގެ ގޭބީސީތަކުގެ ކަރަންޓު ބިލް ތަކުން އެންމެ މަދުވެގެން 50 އިންސައްތަ ސަބްސިޑައިޒް ކޮށްދިނުމަށެވެ.މިފަދަ ޕެޓިޝަނެއްގައި ސޮއިކުރަން އާންމުން ފަށާފައި މިވަނީ، މި މަހުގެ ކަރަންޓު ބިލް ބޮޑުވާނެ ކަމަށް ސްޓެލްކޯއިން އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސެއިން ފަހުމީ ވިދާޅުވީ ކޮންމެ އަހަރަކުވެސް މާޗު އަދި ޖުލައި މަހު ކަރަންޓު ބިލު ބޮޑުވާ ކަމަށެވެ. Subsidize STELCO Electricity bills by at least 50%for the month of July. - Sign the Petition! https://t.co/t4ZEEhKUzT via @Change— Hamdhan Shakeel (@HamdhanShakeel) July 20, 2020ބިލް ބޮޑުވާ ސަބަބު ދެނެގަންނަން ސްޓެލްކޯއިން ދިރާސާތަކެއް ކުރިކަމަށާއި، ބޭނުންވާވަރަށް ވުރެ ގިނައިން އާންމުން ކަރަންޓު ބޭނުން ކުރާކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ރައްޔިތުން އިޤްތިސާދު ނުކުރާ ކަމަށާއި ފަރުދީ ޒިންމާ އަދާކޮށްގެން ކަރަންޓު ބިލް ކުޑަ ކުރެވިދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. "ބިލުބޮޑުވެގެން ޝަކުވާ އައީމަ އަޅުގަނޑުމެން އެޕާޓްމެންޓްތަކަށް ގޮސް ބަލާލިން. ބަލާލި އިރުގައި މީޓަރުގެ އެއްވެސް މައްސަލައެއް ނެތް. ދެން އަޅުގަނޑުމެން ބެލީ ކިހިނެތްތޯ ބިލް ބޮޑުވީ، ބައެއް ތަންތަނުގައި އެބަހުރި އޮޅުމަކުން އެއާކޮންޑިޝަން ޖެއްސިފައި. އެހެންނަމަވެސް ކުޑަދޮރު ހުޅުވިފަ ހުރީ. އެހެންނަމަވެސް އެއާކޮންޑިޝަން ހުޅުވިފައި ހުރިއްޔާ ކަރަންޓް ބިލް ހިނގާނެ. " ފަހުމީ ވިދާޅުވިއެވެ.މިދިޔަ ޖޫން މަހުވެސް ކަރަންޓު ބިލް އާދަޔާ ހިލާފަށް ބޮޑުވެގެން، ރައްޔިތުން އިހުތިޖާޖުކުރަން އުޅުމުން ސްޓެލްކޯއިން ވަނީ ބިލުގެ 40 އިންސައްތަ ކަނޑާލާފައެވެ. ޖުލައި މަހުގެ ބިލް ބޮޑުވާނެ ކަމަށް ބުނި ނަމަވެސް ޖުލައި މަހުގެ ބިލުން އެގޮތަށް އެއްވެސް މިންވަރެއް ކަނޑާލާކަށް އަދި ނުނިންމައެވެ.
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ޖުލައި މަހުގެ ކަރަންޓު ބިލުން 50 އިންސައްތަ ކުޑަކޮށްދޭން ގޮވާލާ ޕެޓިޝަނެއް ފަށައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ