މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުގެ ބަންދަށް އަނެއްކާވެސް 13 ދުވަސް ޖަހައިފި

ބްލެކްމެއިލް ކުރިކަމަށް ބުނާ މައްސަލައިގައި މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް އަނެއްކާވެސް އިތުރު 13 ދުވަސް ޖަހައިފި އެވެ .
އޭނާ ހައްޔަރުކޮށް ބަންދަށް ތިން ފަހަރު މުއްދަތު ޖެހުމަށްފަހު ގޭބަންދަށް ބަދަލުކޮށް އަނެއްކާވެސް ޒައިދު ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
ފުލުހުންގެ ބަންދަށް ބަދަލުކުރުމުން ޒައިދު މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރާއިރު ބްލެކްމެއިލްކުރީ ކާކުކަން ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އޭނާގެ މޮބައިލް ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެއިން އެއްވެސް އެއްޗަކުން އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ޒައިދު ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ޒައިދުގެ ތުހުމަތުތައް ބަލަމުން ގެންދާކަމަށްވެސް ފުލުހުން ކުރިންވަނީ ބުނެފައެވެ .
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ