ޕްރައިމަރީގައި ވޯޓް ނުލައްވާ ގޮތަށް މައުމޫން ނިންމަވައިފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައަޅަން މިއަދު ކުރިއަށް ގެންދާ ޕްރައިމަރީގައި ވޯޓު ނުލައްވާ ގޮތަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "މި ޕްރައިމަރީގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ސާބިތުކަމާ އެކު ވަކި ކޮޅަކަށް ނުޖެހި ހުރުމުގެ ގޮތުން އަޅުގަނޑު ވޯޓު ނުލާނަން" ކަމަށެވެ. އެހެން ނަމަވެސް ވޯޓުލުމަށް ޝަރުތު ހަމަވާ އެންމެން ވޯޓުލުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. ޕްރައިމަރީގައި މައުމޫން ވޯޓު ނުލައްވާ ގޮތަށް ނިންމެވިއިރު ޕްރައިމަރީގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރައްވާކަން ހާމަނުކުރެއްވުމަށް އެމަނިކުފާނު ވަނީ ކުރިން ނިންމަވައިފަ އެވެ. އެކަން އެ ގޮތަށް ނިންމެވީ ވެސް މަސްލަހަތަށްޓަކައި ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ. މުޅި ރާއްޖޭގައި ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓުލަމުންދާއިރު "ވިޔާނުދާ ކަންތައްތަކެއް" ކުރިއަށްދާ ކަމަށް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. ކޮންމެވެސް ވަރެއްގެ ހަމަނުޖެހުން ހިންގައި ހޫނު ޒުވާބުތަކެއް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ