އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންއާ ބެހޭ ފަންނީ މައުލޫމާތު ދިނުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހުގެރޭ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް އެމްޑީޕީން ނިންމައިފިއެވެ.
ތާޖުއްދީން ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަށް ތައްޔާރުވުމަށް ކުރަން ޖެހޭ ކަންތައްތައް ކުރެވެމުންދާ ކަމަށާއި، އެގޮތުން އެމް.ޑީ.ޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސަކަތްކުރާ ކޮމިޓީއަށް އިންތިހާބުވެފައިވާ އެމްޑީޕީ މެންބަރުންނަށް ހާއްސަ ކުރެވިގެން ދައުވަތު އެރުވިފައިވާކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.
މި ބައްދަލުވުމަށްފަހު އެމްޑީޕީން ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި “އާ ބާރެއް” މިނަމުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް އެމްޑީޕީން ބުނެއެެވެ.
މި ޖަލްސާ އަކީ ސިޔާސީ ޕާޓީ އެއްގެ ގޮތުގައި އެމްޑީޕީ އިން ކުރިއަށް ގެންދާ އިންސާފުގެ ދަތުރާއި، ވައުދާ ހިގުމާއި، ދޭތިންފަހެތީގެ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ހަލުއި ކަމާއި، ވާގިވެރިކަން، އަދި އެކުވެރިކަމާއި ކުރިއެރުން ފާހަގަކުރައްވާން ބޭއްވޭ ބޮޑު ޖަލްސާއެއް ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.
ރިޔާސީ ކެމްޕޭނުގެ ފަންނީ މައުލޫމާތު ދިނުމަށް އެމްޑީޕީން ބައްދަލުވުމެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ