ޕީޕީއެމްގެ ޕްރައިމަރީ ބާތިލްކުރުމަށް އެޕާޓީގެ އާންމު މެންބަރަކު ކޯޓަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފިއެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޕީޕީއެމްގެ ޕްރައިމަރީގައި ނާކާބިޔާބުވެވަޑައިގެންނެވި އުމަރު ނަސީރުގެ ސަޕޯޓަރެއް ކަމަށްވާ ރަހްމާ ހަސަން ކިޔާ ޕީޕީއެމްގެ އާންމު މެންބަރެކެވެ.
މިމައްސަލަ ބޭރުކުރަމުން ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ މައްސަލަ ހުށަހެޅި ފަރާތަށް (ރަހްމާއަށް) ލިބެންޖެހޭ ހުރިހާ ހައްޤެއް ޕީޕީއެމްގެ ޕްރައިމަރީގައި ލިބިފައިވާ ކަމަށެވެ. އެގޮތުން އޭނާއަށް ވޯޓް ދިނުމުގެ ހައްޤާއި ކެމްޕޭން ކުރުމުގެ ހައްޤު ލިބިފައިވާ ކަމަށް ކޯޓް ހުކުމްގައި ވަނީ ބުނެފައެވެ.
މިހުކުމްގައި އިތުރަށް ބުނެފައިވަނީ ޕްރައިމަރީ ބާތިލް ކުރުމަށް އެމައްސަލަ ކޯޓަށް ހުށަހެޅުމުގެ ޤާނޫނީ ހައިސިއްޔަތުވެސް ރަހްމާ އަށް ލިބިގެން ނުވާ ކަމަށެވެ.
މިހުކުމާއި ގުޅިގެން ޕުރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު މިއަދު ވިދާޅުވީ ޕީޕީއެމްގެ ޕުރައިމަރީ ބާތިލް ކޮށްދިނުމަށް އެދި އަލުން އެމައްސަލަ އޭނާގެ ނަމުގައި ސިވިލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޕްރައިމަރީ ބާތިލްކުރުމަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ