މެމްބަރު ރިޒާގެ ގޭގެ ސިޑިގޮޅިން ތޫނު ހަތިޔާރުތަކެއް ފެނުމާއި ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހީމު ރިޒާ ދިރިއުޅުއްވާ ގޭގެ ސިޑިގޮޅިން ދެކަނޑިއާއި ވަޅިއެއް ފެނުމައި ގުޅިގެން އޭނާގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފިއެވެ.
މެމްބަރު ރިޒާ ދިރިއުޅުއްވާ ގ ކްރެބްޓްރީގެ ތިރީ ސިޑި ގޮޅިން ފެނިފައިވަނީ ހަތަރު ފޫޓުގެ ދެކަނޑިއާއި ވަޅިއެކެވެ. އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންބުނެއެވެ. އެމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި އެކަނޑިތަކަށް ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ދަބަރުފަޅާފައިވާތީ ފޮރެންސިކް ހެކިތައް ވެސް ލިބޭ ގޮތް ނުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ