ޖާބިރުއަށް އަލުން ކާށިދޫ ދާއިރާގެ ޓިކެޓް ދެނީ
އެމް.ޑީ ޕީ ކާށިދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިގެންނެވި އަބްދުﷲ ޖާބިރުގެ ޓިކެޓް ބާތިލް ކޮށްފައިވަނީ، އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ މެންޑޭޓުން ބޭރުން ކަމަށް ނިންމާ އެނެއްކާވެސް ޖާބިރަށް ޓިކެޓް ދިނުމަށް އެމް.ޑީޕީން ނިންމައިފިއެވެ.
އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމް.ޑީ ޕީގެ އިންތިހާބާއި ބެހޭ ކޮމެޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ، މިގޮތަށް އެ ޕާޓީން ނިންމީ ޖާބިރަށް ޕްރައިމަރީގައި ވާދަ ނުކުރެވޭނޭ ގޮތަށް، ކާށީދޫ ދާއިރާގެ ޕްރައިމަރީ އަލުން ހުޅުވާލުމަށް ފިޔަވަޅު އަޅާ ކޮމެޓީން ނިންމި ނިންމުމާއި ދެކޮޅަށް، ޖާބިރުގެ ފަރާތުން އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން ކަމަށެވެ. އަދި އިސްތިއުނާފް މަޖްލީހުގެ މެންބަރުން އެ މައްސަލަ ބެލުމަށްފަހު ޖާބިރާމެދު ފިޔަވަޅު އަޅާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅާފައިވާކަމަށް ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން
އެމް.ޑީޕީ ފޭދޫ ދާއިރާގެ ޕަރައިމަރީ އާއި ގުޅިގެން، ޕްރައިމަރީގައި ވާދަކުރެއްވި، އަދި މިހާރުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ހުށައެޅި މައްސަލައިގައި، ނަތީޖާއަށް ބަދަލެއް އަންނާނެ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށްވެސް އެމް.ޑީ ޕީގެ އިންތިހާބު ތަކާއި ބެހޭ ކޮމެޓީން ނިންމާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ