2007 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ދުވަހު މަރާލުމަށްފަހު މާލޭގެ ފަޅުތެރެއަށް، ސ.ހިތަދޫ ނާޒުކީގޭ ހުސެން ސޮލާޙް އެއްލާލާފައި އޮތްވައި ފެނުނުތާ 10 އަހަރު ވާން ކައިރި ވީ ނަމަވެސް އޭނާގެ އާއިލާގެ މީހުންގެ ހިތްތަކުން އެ ހަނދާން ފިލައިގެނެއް ނުދެއެވެ.
މިއީ ދިގު ތިރީސް އަހަރު ވެރިކަން ކުރި މައުމޫނުގެ ރައީސް ކަމުގައި ހިނގި ހާދިސާއެކެވެ. ސަރުކާރުގެ އަގު ވެއްޓި ދާނެތީ، މައުމޫން ވެރިކަން ހިމާޔަތް ކުރައްވަން އެ މައްސަލަ ފަސް އަޅައި އޮއްބާލީއެވެ.
އޭރު ވެރިކަމަށް ފެންބޮވައިގަނެފައި ހުރި ވަރުން ނަޝީދު ވެސް އެ މައްސަލަ ތިމަންނާގެ ވެރިކަމުގައި ބަލާނެ ވާހަކަ ބުންޏެވެ. ނަމަވެސް ވެރިކަމަށް އައިސް ނަޝީދުގެ ފަރާތުން އެ އާއިލާއަކަށް އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ.
އަދި ނަޝީދު އެ ވާހަކަ އެއް ވެސް ނުދައްކައެވެ. އެއީ މާ ނުފޫޒު ބޮޑު ނޫން ބޭފުޅު އާއިލާއެއް ކަމަށް ވުމުން ކަމަށް ވެދާނެއެވެ. ނަޝީދު އާއި މައުމޫނު ދަންނަ އިންސާފަކީ، “ކެކުރި އިންސާފެވެ.”
މިއަދު ނަޝީދު އެހުރީ މައުމޫނާއި އެކު ކޮނޑާއި ކޮނޑު ޖައްސަވައިގެން ވެރިކަން ހޯދަން އަނެއްކާވެސް ފޫގަޅައިގެންނެވެ. މިއީ ފަޚުރުވެރި މަސައްކަތެއް ކަމުގައި ނަޝީދު އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ގަބޫލުކުރުމަކީ މުޅިން އެހެން މައްސަލައެކެވެ.
ހަގީގަތުގައި ހުސައިން ސޮލާހުގެ އާއިލާ އަށް ނިޒާރު ކުރަނީ ޖެއްސުމެވެ. މަލާމާތެވެ. ބުނާ ކަހަލައެވެ. “އަހަރުމެންގެ ކުރިމަތީގައި ހައްގު ލިބެން ޖެހޭނީ އިންސާފު ލިބެން ޖެހޭނީ ބޮޑުން ނަށެވެ.”
ހުސައިން ސޮލާހުގެ އާއިލާ އަށް މައުމޫނު ދިން އަނިޔާ، ނިޒާރު އަށް މިހާރު އޯކޭ ވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ