ބަޣާވާތް ނާކާމިޔާބު ކޮށްލީ ރައީސްގެ ފުރާނަ އަށް ބެލުމެއް ނެތި: މިނިސްޓަރު

އެކެއް ފެބްރުއަރީގެ "ބަޣާވާތް" ނާކާމިޔާބު ކޮށްލީ ރައީސް އަބްދުﷲ ޔާމީންގެ ފުރާނަ އަށް ބެލުމެއްނެތި ކުރެއްވި ހުކުމަތްތެެރި މަސައްކަތްޕުޅުންކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދިވެހި ސިފައިންގެ ހިދުމަތަށް 126 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެކެއް ފެބުރުއަރީގެ ބަޣާވާތުން ޤައުމު ސަލާމަތްކޮށްދެއްވައި ސަލާމަތުގެ އައްސޭރިއަކަށް ރައީސް ޔާމީން ގެނެސް ދެއްވީ އަމިއްލަ ފުރާނަފުޅާއި އަމިއްލަ ނަފުސަށް ބެއްލެވުމެއް ނެތި ކުރެއްވި މަސަައްކަތްޕުޅުން ކަމުގައެވެ.
އެކަން އެގޮތަށް ކުރެއްވުމަށް ރައީސް ޔާމީން ބޭނުންފުޅު ކުރެއްވީ ސުންމުވުލް އަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ބޭނުންކުރެއްވި ފަދަ ހިކުމަތު އަމަލީ އާއި އިނގިރޭސިންގެ ހިމާޔަތުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވުމަށްޓައި ސުއްމުވުލް އަމީރު އިބުރާހީމް ނާސިރު ބޭން ކުރެއްވި އުކުޅުތައްކަމަށްވެސް ޑިފެން މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އެ ހާލަތާއި ގުޅިގެން ރައީސް ޔާމީނު ކުރެއްވި މަސައްކަތްޕުޅާއި އެޅުއްވި ފިޔަވަޅުތައް ރާއްޖޭގެ ތާރީހުގައި އަދި ދިވެހި އަސްކަރީ ތާރީހުގައި ލިޔެވިގެން ދާނީ "ރަން އަކުރުން" ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ