ވަރުން އާއި ޖާންވީ ކުޅޭ ފިލްމުގެ ޝޫޓިން ފަށައިފި

ބޮލީވުޑްގެ ކުޅަދާނަ ދެތަރިން ކަމަށްވާ ވަރުން ދަވަން އާއި ޖާންވީ ކަޕޫރު ކުޅޭ ފިލްމުގެ ޝޫޓިން ފަށައިފިއެވެ.
ދެތަރިން އެކުގައި ފެނިގެންދާ ދެވަނަ ފިލްމު "ސަނީ ސަންސްކާރީ ކި ތުލްސީ ކުމާރީ" ގެ ނަމުން ނަންދީފައިވާ މި ފިލްމުގެ ޝޫޓިން ކުރިއަށްދާނީ މުމްބާއީގެ އިތުރުން ރާޖަސްތާނުގައެވެ. ޝަޝަންކް ކައިތަން ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ހަމަޖެހިފައިވާ ފިލްމެކެވެ. ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިން މި އަހަރު މެދުތެރޭ އެއްކޮށް ނިންމާލެވޭނެއެވެ. ފިލްމުގައި ވަރުން އާއި ޖާންވީގެ އިތުރުން ހަރަކާތްތެރިވާ ތަރިންނަކީ ސާނިޔާ މަލްހަތްރާ، ރޯހިތު ސުރޭޝް ސަރަފް، އަކްޝޭ އޮބްރޯއީ އަދި މަނީޝް ޕޯލްއެވެ.
ޑައިރެކްޓަރު ޝަޝަންކް ވަނީ މީގެ ކުރިން ވަރުން އާއި ޖާންވީ އާއެކު މަސައްކަތްކޮށްފައެވެ. ވަރުން އާއެކު "ދުލްހާނިޔާ" ފްރެންޗައިޒްގެ ދެ ފިލްމުގައި މަސައްކަތްކޮށްފައިވާއިރު ޖާންވީ އާއި ޝަޝަންކް ވަނީ ފިލްމު "ދަޅަކް" ގައި އެއްކޮށް މަސައްކަތްކޮށްފައެވެ. އެ ފިލްމަކީ ޖާންވީ ބޮލީވުޑަށް ތައާރަފްވި ފިލްމުވެސްމެއެވެ. ފިލްމުގައި ޖާންވީ އާއެކު ހަރަކާތްތެރިވީ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާއެވެ. އެ ފިލްމަކީ އޭނާ ކުޅުނު އަލަތު ފިލްމުވެސްމެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ