ފުލުހުންގެ މުއައްސަސާއިން 2014 ން 2018 ވަނަ އަހަރަށް ކަނޑައަޅާފައި ސްޓްރެޓީޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއިން 2018 އަހަރު ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރާނެ ދާއިރާތައް ނުވަތަ އޮޕަރޭޝަނަލް ޕްރައޯރިޓީސްތައް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ކަނޑައަޅުއްވައިފިއެވެ.
އެގޮތުން 2018 އަހަރު ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްކުރާނެ 4 ދާއިރާއެއް ކަނޑައަޅުއްވާފައިވާއިރު މި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިތުބާރާއެކު ޚިދުމަތް ދިނުމާއި 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމާއި މުޖުތަމަޢުގެ ޔަޤީންކަން ހޯދުމުގެ އިތުރުން މުއައްސަސާ ތަރައްޤީކުރުމެވެ.
ފުލުހުންގެ މުއައްސަސާއިން 2018 އަހަރު ޚާއްޞަ އިސްކަންދީގެން މަސައްކަތްކުރާނެ ދާއިރާތައް ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ