ޕީޕީއެމްގެ ޤައުމީ އަދި ދީނީ މިސްރާބުވަނީ ގެއްލިފައި: ރައީސް މައުމޫނު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ޤައުމީ އަދި ދީނީ މިސްރާބު މިހާރުވަނީ ގެއްލިފައިކަމަށް ޕީޕީއެމެއިން އިން ވަކިކޮށްފައިވާ، އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ދެ ފެކްޝަނުގެ ކޯޅުން ބޮޑުވެ ރައީސް ޔާމީން ފެކްޝަނުންވަނީ ޕީޕީއެމްގެ މެމްބަރުކަމުންވެސް ރައީސް މައުމޫނު ވަކިކޮށްފައެވެ. ނަމަވެސް ރައީސް މައުމޫނު ވިދާޅުވަމުން ގެންދަވަނީ އަދިވެސް އެޕާޓީގެ ރައީސް އަކީ އެމަނިކުފާނު ކަމުގައެވެ.
ދިއިކޮޅު ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ރޭ ހއ ދިއްދޫގައި ބޭއްވި ޖަލްސާގައި އިއްވެވި ރައީސް މައުމޫނުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ޕީޕީއެމް އުފައްދާފައިވަނީ ސައްތައިން ސައްތަ މުސްލިން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށާއި، ޑިމޮކްރެޓިކް ހަރުދަނާ އުސޫލުތައް ރާއްޖޭގައި އަށަގެންނެވުމަށް ކަމުގައެވެ.
އަދި ދައުލަތުގެ ތިންބާރު މުސްތަގިއްލުކޮށް ހިންމުމާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަކީ ޕީޕީއެމްގެ މަޤްސަދެއްކަމަށް ރައީސް މައުމޫނުގެ ބަޔާނުގައި ވެއެވެ.
ނަމަވެސް ޕީޕީއެމްގެ ޤައުމީ އަދި ދީނީ މިސްރާބު ގެއްލި ޕާޓީ ހިންގަމުން ގެންދާދިއުމާއި މެދު ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޕީއެމް މިހާރު ހިންގަމުން ގެންދަނީ ޕީޕީއެމްގެ އަސާސީ ޤަވާއިދާއި ހިލާފަށްކަމަށް ވިދާޅުވާ ވިދާޅުވުން ރޭވެސް ރައީސް މައުމޫނު ތަކުރާރު ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ