މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކުޅުދުއްފުށީގައި ރޯޑް ޝޯއެއް ބާއްވަނީ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކުޅުދުއްފުށީގައި ރޯޑް ޝޯއެއް ބާއްވަން ނިންމައިފިއެވެ.
"ރައްކާ" ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަގުފަހުވާ ގިނަ ޙަރަކާތްތަކެއް ހިމެނޭގޮތަށް ބާއްވާ މި ރޯޑްޝޯވ އަކީ ފުލުހުން އިންތިޒާމްކޮށްގެން އެލައިޑް އިންޝުއަރެންސްގެ އެހީތެރިކަމާއެކު ބާއްވާ ރޯޑް ޝޯއެކެވެ.
ރައްކާ ރޯޑް ޝޯވ ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 21 ން 28 އަށެވެ.
މި ރޯޑް ޝޯގެ ތެރެއިން، ޒުވާނުންނަށާއި ސްކޫލު މަދަރުސާތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި އިސްރަށްވެރިންނާއި އާންމު ރައްޔިތުންގެ އިތުރުން މުއައްސަސާތަކުގެ ވެރިންނާ، މުވައްޒަފުންނާއި، މަދަނީ ޖަމްޢިއްޔާތަކުގެ މެމްބަރުންނަށް މަޢުލޫމާތު ދިނުމަށް ސިމްޕޯޒިއަމްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެއިތުރުންވެސް ރައްކާ ރޯޑް ޝޯވގެ ތެރެއިން ފުޓްސަލް މުބާރާތަކާއި ޑިނަރ ނައިޓަކާއި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން އަންހެނުންގެ ނެޓްބޯޅަ މެޗަކާއި ރޯޑް ރެލީއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަގުފަހުވާ ގިނަ ޙަރަކާތްތަކެއް ހިމެނޭގޮތަށް ހިންގަމުންދާ ރައްކާ ރޯޑް ޝޯވއަކީ 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ރައްކާ ރޯޑް ޝޯވ މީގެ ކުރީން ބާއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ